ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން
ރައީީސްް ޔާމީން ގިނައިން ވާހަކަދެއްކުމުން ސަރުކާރުގެ ތާޢީދު ވަނީ އިތުރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ދެއަހަރު ދުވަހު ބަންދުގައި ހުންނެވުމަށްފަހު ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ އަލުން ސިޔާސީ މަސައްކަތްޕުޅު ފަށްޓަވައި ސަރުކާރަށް ބަހުގެ ޙަމަލާތަކެއް ދެއްވަމުންނެވެ. އެކަމާ ގުޅިގެން މެންބަރު އިކްރާމް ވިދާޅުވީ ރައީީސްް ޔާމީން ޕޯޑިއަމްތަކުގައި ގިނައިން ވާހަކަދެއްކުމުން ސަރުކާރުގެ ތާޢީދު ވަނީ އިތުރު ކަމަށެވެ.

ރޭ ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވަނީ އަމިއްލަ ސަރުކާރުގައި ކުރެއްވި ކަންތައްތައް އެއީ މިހާރު އަނެއްކޮޅަށް އޮންނަންޖެހޭ ކަންތައްތައް ކަމަށް ސިފަކުރަށްވާ ރައްޔިތުންނަށް އޮޅުވާލެއްވުމަށް މަސައްކަތް ކުރަށްވާފައެވެ. އެކަމާ ގުޅިގެން އިކްރާމް ވިދާޅުވީ ރައީސް ޔާމީން ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކުން ރައީސް ޞާލިޙްގެ ސަރުކާރުން ހެޔޮވެރިކަމެއް ކޮށްދެއްވާކަން ޔަޤީންވާ ކަމަށެވެ.

"ރައީސް ޔާމީން ގިނައިން މިކަހަލަ ޖަލްސާތަކުގައި ވާހަކަ ދެއްކުމުން ރައީސް ޞާލިޙްގެ ސަރުކާރުގެ ތާޢީދު ވާނީ އިތުރު." އިކްރާމް ވިދާޅުވިއެވެ.



ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަން މީޑިއާ އިނދަޖައްސާލެއްވުމަށްފަހު ރޭ ކާނިވާ ސަރަހަށްދުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށެވެ. އަދި އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ތިބީ ސަރުކާރުގެ ޖީބުގައިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުމުން، މިހާރު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަނީ ނޫސްތަކުންކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި އަބުރުގެ ގާނޫނެއް ފާސްކޮށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި ފިއްތުއްތަކެއް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސުމަން

05-Dec-2021

ޢެއްކަލަ އިއްޒަތްތެރި މެމްބަރ ދޯ.


10

ބަތާ ހަރާމީ

05-Dec-2021

ކަލޭ ތީ ތަންދޮރު އޮޅުންނުފިލާހުރި ގަމާރެއް!! ވާނުނާ ނޭގޭ!! މަށަކަށް ނުފެނޭ ތާއީދެއް އިތުރުވާ ތަނެއް!! ތިހެންވެސް ކިޔައިގެން ފައިސާކޮޅެއް ލިބޭތޯ ބަލާ!!


2

އުއްތަމަ އުސްތާޛް

05-Dec-2021

ސާންޕަލް ނަގަން ހުރި ނަރުސް ކުއްޖާ ގައި ގައި ޖަހާފައި ޢިއްޒަތް ނުލިބިގެން ޝަކުވާ ކުރީމާ ވެސް ތާއީދު ވާނީ އިތުރު



ޓްރެންޑިން