ރައީސް ޔާމިން އަދި ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު
ރައީސް ޔާމިން އަދި ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު
ދެ އަހަރު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ވެރިކަން ކުރެއްވުނުގޮތް ރައީސް ޔާމީން ވަނީ ހަނދުމަފުޅުނެތިފައި ކަމަށް މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރިންގެ އަމަލެއް ހިންގެވިކަން ރާއްޖޭގެ ޝަރުޢީ މަރުހަލާގެ ތެރެއިން ސާބިތުކޮށް ރައީސް ޔާމިން 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް މިއަހަރުގެ ނޮވެމްބަރ 30 ވަނަ ދަުވަހު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކޮށްފައެވެ.

ޖަލު ޙުކުމުން މިނިވަންވެ ވަޑައިގަތުމާއެކު ރައީސް ޔާމީން ގެންދަވަނީ ސިޔާސީ ގޮތުން ކުރަށްވާ މަސައްކަތްތައް ވަރުގަދަ ކުރަށްވައި ސަރުކާރަށް ޕްރެޝަރ ބޮޑު ކުރަށްވަމުންނެވެ. އަދި މިހާތަނަށް ބޭއްވެވި ދެ ޖަލްސާގައިވެސް ރައްޔިތުންނަށް ޚާއްސަ މެސެޖްތަކެއް ރައީސް ޔާމީން ވަނީ ދެއްވަވާފައެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ ދެ އަހަރު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ވެރިކަން ކުރެވުނުގޮތް ރައީސް ޔާމީން ވަނީ ހަނދާންނެތިފައި ކަމަށެވެ.

"އެންމެން ޖަލަށް ލައިގެން މުޅި ދަޢުލަތް ޖީބަށްލައިގެން އުޅުއްވި މުޑުދާރުގޮތް މީހަކު ހަނދާނެއް ނުނެތޭނެ." މޫކޭ ވިދާޅުވިއެވެ.



ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މިހާރު ވެރިކަމުގައި ތިބި ޕާޓީތަކުގެ ލީޑަރުން ޖަލަށްލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕީޕީއެމްގެ ސުލޫކު ކޮމިޓީ ބޭނުންކޮށްގެން ޕާޓީން ވަކިކޮށް އެ މެންބަރުންގެ ގޮނޑި ގެއްލުވާލައި ކޯޓުތަކުގެ ނިންމުންތައް ތަންފީޛު ކުރުމަށްވެސް ދެކޮޅު ހައްދަވާފައެވެ.

ރައީސް ޔާމިނަށް ކުރި މަނީ ލޯންޑަރިންގެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެ އެވެ. އަދި ސުޕްރީމް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ކުރި ޙުކުމްތައް ބާތިލް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން