ދިގުމުއްދަތުގެ ލޯނެއް ހޯދުމަށް ރާއްޖެއިން ބަންގްލަދޭޝްގައި އެދިއްޖެއެވެ.
ބަންގްލަދޭޝްގެ ނޫހެއްގައި އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ރާއްޖެއިން އެ ގައުމުގައި އެދިފައިވަނީ ދިގު މުއްދަތުގެ ލޯނަކަށްކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބަންގްލަދޭޝް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް (ބީއައިޑީއެެސް)ގެ ކޮންފަރެންސް އޮން ޑިވެލޮޕްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ފަޒްލީ އެކަން ހާމަކުރަށްވާފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
ރާއްޖެއިން ހޯދުމަށް އެދިފައިވާ ލޯނުގެ އިތުރު ތަފްސީލެއް ގަވަރުނަރު ފަޒްލީ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އެކްޓިވްކޮށް އެކަމާ މެދު ވިސްނަމުންދާކަމަށް ފަޒްލީއާ ޙަވާލާދީ އެ ނޫޙުގައި ވެއެވެ.
މިދިޔަ އޮގަސްޓް މަހު ބަންގްލަދޭހުން ވަނީ ސްރީލަންކާއަށް، 250 މިލިއަން ޑޮލަރު، ކަރަންސީ ސްވޮޕް ގެ ގޮތުގައި ދީފައެވެ.
ދާދިފަހުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ނަމަވެސް ބަންގްލަދޭހުން ލޯނެއް ހޯދުމަށް މަސައްކަތްކުރާކަން ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު