އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
އަނިޔާވެރި ރައީސް ޔާމީނަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާއަށް މީހުން ދިއުމަށް ހުރަސް އެޅުމަށް، އެމްޓީސީސީން މާލޭގައި އޮޕަރޭޓް ކުރާ ބަސްތައް ހުއްޓާލި ކަމަށް އިދިކޮޅު ޕާޓީތަކުގެ އިސްފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށާއި އެމަނިކުފާނަށް އެއްވެސް ޝައުޤުވެރިކަމެއް ނުދެއްވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށާއި ހުރިހާ ރައްޔިތުންނަށް އޯގާތެރި ޚިދުމަތެއް ދިނުމަށް ރައީސް ޞާލިޙް ނަސޭޙަތްތެރިވެފައިވާ ކަމަށެވެ.

"އެމްޓީސީސީގެ ހުރިހާ ދަތުރުތަކެއް ހުއްޓުމެއް ނެތި ރޭގައިވެސް ކުރިޔަށް ދިޔަ" އާޒިމް ވިދާޅުވިއެވެ.



އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީގެ އެއްވެސް މުވައްޒަފަކަށްވެސް ރޭގެ ޖަލްސާއަށް ނުދިއުމަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި ކޮންމެ މުވައްޒަފަކަށްވެސް އެމީހަކު ޤަބޫލުކުރާ ސިޔާސީ ފިކުރެއްގައި ހުރެވޭނެ ކަމަށާއި ނަމަވެސް އެކަމާގުޅިގެން ކުންފުނީގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ބުރޫއަރައިގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މީކީ އަނިޔާވެރި ރައީސް ޔާމީންގެ ވެރިކަމެއް ނޫން. ކޯޓުތަކަށް އަތް ބާނައިގެން އެންމެން ޖަލަށްލާ ބިރު ދައްކާކަށް." އާޒިމް ވިދާޅުވިއެވެ.



އަދި މިހާރު ހުރިހާ ރައްޔިތުންނަށްވެސް މިނިވަންކަން އިޙްސާސް ކުރެވޭނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބޯހަލާކު

05-Dec-2021

ތިފެމެލީ ޝައުގު ނެތިއްޔާ ރަގަޅީ ދެފުއްކެހެރި



ޓްރެންޑިން