ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް
ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް
މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ރައީސް ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މީޑިއާތަކަށް ފުރިހަމަ މިނިވަން އޮތް ކަމަށް ވިދާޅުވެ ރޭ ކާނިވާ ސަރަހަށްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް މިހާރު ނެތް ކަމަށެވެ. އަދި އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ތިބީ ސަރުކާރުގެ ޖީބުގައިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީނަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވީ މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ރައީސް ޔާމީން ލަދުފުޅު ގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި އަބުރުގެ ގާނޫނު ފާސްކޮށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރިކަމަށް ވިސާމް ވިދާޅުވިއެވެ.

"ނުހައްގުން ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ބިރު ދައްކަން." ވިސާމް ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީން ރޭ ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުމުން، މިހާރު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަނީ ނޫސްތަކުންކަމަށެވެ.

ރައީސް ޔާމިނަށް ކުރި މަނީ ލޯންޑަރިންގެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެ އެވެ. އަދި ސުޕްރީމް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ކުރި ޙުކުމްތައް ބާތިލް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން