މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ރައީސް ވަޙީދަކީ ބަޣާވަތްކުރުން ކަށިން ނުފިލި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މެންބަރު އިންތި މިމޭރުމުން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ރައީސް ކަމުން އިސްއުފާދެއްވީ ސަރުކާރުގެ ތެރެއިން ނައިބު ރައީސަކަށް ޑރ. ވަހީދު ހުންނަވައިގެން ހިންގެވި ޙަރަކާތްތަކެއްގެ ސަބަބުން ކަމަށް އެމްޑީޕީން ޤަބޫލުކުރެއެވެ. އަދި އެއީ ބަޣާވާތެއް ކަމަށާއި ރައީސް ވަޙީދަކީ ބާޣީއެއް ކަމަށް ތަކުރާރުކޮށް އެމްޑީޕީގެ އިސް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ބަޣާވާތްކުރުން ކަށިން ނުފިލިވާ ބޭފުޅެއް." ޑރ. ވަޙީދަށް ރައްދު ދެއްވަމުން އިންތި ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ، ވެރިކަމާ ހަވާލުވާ ބޭފުޅެއްގެ ތަސައްވަރެއް އޮންނަން ޖެހޭނެ ކަމަށާއި ވެރިކަމާ ހަވާލުވާންވާނީ އެކަން ކުރެވޭ ވަރުގެ ބޭފުޅުން ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ކިބައިގައި ޤައުމެއް ގޮވައިގެން ރަނގަޅު މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ނެތް ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

ޤައުމުގެ ޙާލަތު މިހާރު އޮތްގޮތުން ދިވެހިރާއްޖޭގެ ސަރުކާރާ ރައީސް ޔާމީން މިހާރުން މިހާރަށް ހަވާލުވާން ވެއްޖެކަމަށް ޑރ. ވަޙީދު ރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން