ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް އިންސާނިއްޔަތުކަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ނޫސްވެރިންނަކީ މާ ހާއްސަ ބަޔަކީތޯ އައްސަވައި ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ އެއްވެސް މައްސަލައަކަށް ނުވެފައި، ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން ގެއްލިގެން ހޯދާ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މަރުގެ މައްސަލަ މި ސަރުކާރަށް ހާއްސައީ "އޭނާއަކީ ރިޕޯޓަރަކަށް ވާތީ"ތޯ ވެސް ރައީސް ޔާމީން ވަނީ ރޭގެ ޖަލްސާގައި ސުވާލު ކުރަށްވާފައެވެ.

ރައީސް ޔާމީން ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މެންބަރު ޔައުޤޫބް ވިދާޅުވީ ފުރަތަަމަ ދުވަހުން ފެށިގެންވެސް ރައީސް ޔާމީން ވަނީ ރިޟުވާން ގެއްލުވާލުމުގެ މައްސަލައިގައި އިހްމާލުވެފައި ކަމަށެވެ. އަދި ރައީސް ޔާމީނަކީ އިންސާނިއްޔަތުކަން ދަންނަ ބޭފުޅެއް ނޫންކަން ފާހަގަކުރަށްވައި ޔައުޤޫބް ވިދާޅުވީ ޔާމީން ރޭގައި ދެއްކެވި ވާހަކަތުންވެސް އެމަނިކުފާނަށް ރިޟުވާން ގެ މައްސަލައަކީ މުހިންމު މައްސަލައެއް ނޫންކަން ފާހަގަވި ކަމަށެވެ.

"ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް އިންސާނިއްޔަތުކަމެއް ދަންނަ ބޭފުޅެއް ނޫން." ޔައުޤޫބު ވިދާޅުވެފައިވެއެވެ.



މީގެ އިތުރުން މެންބަރު ޔައުޤޫބު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނާ ދެކޮޅަށް ހިންގެވި ބައެއް ކަންތައްތަކުގެ ހަނދާން އާކޮށް ދެއްވާފައެވެ. އެގޮތުން ނޫސްވެރިކަމުގެ ވާހަކަ ދައްކަވަން ރައީސް ޔާމީން ލަދުފުޅުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.



ރައީސް ޔާމީން ރޭ ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުމުން، މިހާރު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަނީ ނޫސްތަކުންކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް މިހާރު ނެތް ކަމަށާއި އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ތިބީ ސަރުކާރުގެ ޖީބުގައިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޔާގޫބް

05-Dec-2021

ޚަލޭ އާއި ކަލޭމެން ވެރިކަން ވަނީ ބުއްދި ފިލައިގެންގޮސް ރައްޔިތުންނަށް މިހާރު މިވަނީ ބޮޑު މުސީބާތަކަށް ވެފައި!! މިހާރު ބޭނުންވަނީ ކަލޭ ކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ތިޔަ މަގާމް ތަކުން ދާން!!



ޓްރެންޑިން