ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ބުއްދި ސަލާމަތުން ހުރިކަމާމެދު ރައީސް އޮފީހުގެ މިނިސްޓަރު، އަހްމަދު ސަމީރު ސުވާލު އުފައްދަވައިފި އެވެ.
އިދިކޮޅު ޕީޕީއެމުން ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާފައިވާ ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ވިދާޅުވީ ރައީސް ޔާމީންގެ ކިބައިގައި ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށެވެ.
އޭގެ އިތުރުން ރައީސް ޔާމީން ވެރިކަމުގެ ބާރުގައި ހުންނެވިއިރު ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް މިހާރު ހަނދާން ނެތިފައިވާ ކަމަށާއި، ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތި ލުމުގެ ޝަރުތެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަން މުސްތަގިއްލު ގޮތުގައި ނުކުރެވޭނަމަ ވެރިކަމުން ފައިބަންވީ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި މިއޮތްފަދަ "ޑައިކޮޓަމީއެއް" އަދި ދެފުއްދެގޮތްކަމެއް އެއްވެސް ގައުމެއްގެ ވެރިކަމެއްގައި ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ދިވެހި ސަރުކާރުން އިންޑިއާއަށް ބަރޯސާވާކަމަށް ވިދާޅުވެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާއިން ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު