ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކަށްވާއިރު، ދާދި ފަހުން ދުނިޔޭގެ އެކި ގައުމުތަކުން ފެންނަންފެށި ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޯން ވޭރިއަންޓް ރާއްޖޭގައި އުޅުމުގެ ފުރުސަތު ބޮޑުކަމަށް އައިޖީއެމްއެޗްގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް، ކޮންސަލްޓެންޓް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓު ރާއްޖޭގައި އުޅޭތޯ ޔަގީންކުރުމަށް ޓެސްޓްތައް ހަދައިގެން އިތުރަށް ބެލޭނެކަމަށެވެ.
ދާދި ފަހުން މި ވޭރިއަންޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ވިދާޅުވީ މި ވޭރިއެންޓް ރާއްޖެއަށް އައުން ހުއްޓުވުމަކީ ނާދިރުކަމެއްކަމަށާއި، ނަމަވެސް ކުރިއާލާ އެކަށީގެންވާ ފިޔަވަޅުތައް އަޅައިފިނަމަ މި ވޭރިއެންޓް ޖެހޭ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށެވެ.
މި ވޭރިއެންޓުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ސީކުއެންސް ސާމްޕަލްތައް ކޮންމެ ހަފްތާއަކު އެއްފަހަރު ޓެސްޓު ކުރަން ފޮނުވަމުންދާކަމަށެވެ. އަދި މި ސީކުއެންސްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމަށް ދެތިން ހަފުތާގެ މުއްދަތެއް ނަގާކަމަށްވެސް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ނަތީޖާ ލިބުން ލަސްވާތީ، މި ދަތިކަމުން އަރައިގަތުމަށް، މިހާރު ވާނީ މި ޓެސްޓުތައް ކުރުމަށް ބޭނުންވާ މެޝިންތައް ރާއްޖެ ގެނެސްފައިކަމަށާއި، ނަމަވެސް މަސައްކަތްތައް ފެށޭނީ މިކަމަށް ބޭނުންވާ ތަމްރީނުތައް މީހުންނަށް ދިނުމުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން، އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އަދި މި ވޭރިއަންޓާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތު ހޯދިފައިނުވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދިވެސް ދަނީ އިތުރަށް މި ވޭރިއަންޓް ދިރާސާ ކުރަމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވޭރިއަންޓް އޮފް ކޮންސާންގެ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ކަނޑައަޅާފައިވާއިރު މިހާތަނަށް މިވޭރިއަންޓާ ގުޅޭގޮތުން އެނގޭ މައުލޫމާތަކީ މި ވޭރިއަންޓަކީ ފަސޭހަ ކަމާއެކު ފެތުރޭ ބާވަތެއްކަމެވެ. ނަމަވެސް ވޭރިއަންޓް ޖެހުމަށްފަހު ނުރައްކާވަނީ ކިހާ މިންވަރަކަށްތޯ އަދި ދެނެގަނެވިފައި ނުވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓްގެ މާ ބޮޑު މައުލޫމާތެއް އަދި ހޯދިފައިނުވާތީ އާއެކު، ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރުގައި ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި އިތުރު ސަމާލުކަމެއް ދޭންޖެހޭނެކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ މިހާތަނަށް ދުނިޔޭގެ 38 ގައުމަކުން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ. މި ގައުކުތަކުގެ ތެރޭގައި، އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު