އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު
އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު އައްޔަނުކޮށްފިއެވެ.

އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ މަގާމަށް ޠޫބާ އައްޔަނުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭނާ މިއަދު އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.

ޠޫބާ އަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރެކެވެ. ތޫބާ ވަނީ އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ކުރިމަތިލަށްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާޙީމް ޝަރީފަށް ތާއީދުކުރަށްވައި ކެމްޕޭން ހުއްޓަވާލައްވާފައެވެ.

ޠޫބާ އަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ހިންގި ގިނަ ޙަރަކާތްތަކުގައި އިސްސަފުގައި ޙަރަކާތްތެރިވި ފަރާތެކެވެ. ޚާއްސަކޮށް ސަރުކާރު ޕްރޮމޯޓްކޮށް މީސްމީޑިއާގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު