ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމުން ވީއްލުމާއެކު ބަންދުގައި ހުންނެވި ދުވަސްތަކުގެ އިނާޔަތްތައް ހޯއްދަވަން ފިނޭންސް މިނިސްޓްރީގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ 2021 ވަނަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހުގައެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ޙުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާތީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން އެދިފައިވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތަށް ލިބެންޖެހޭ އެންމެހާ ޢިނާޔަތްތައް ލިބިގަތުމަށެވެ. އެގޮތުން ގާތްގަނޑަކަށް 6.6 މިލިއަން ރުފިޔާ ހޯއްދެވުމަށް ވަކީލުންގެ ފަރާތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށައަޅުއްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަޢުލަތުން އިނާޔަތްދިނުމަށް ބަޖެޓް ކޮށްފައިވަނީ ތިން ރައީސުންނަށެވެ. އެއީ ރައީސް ނަޝީދާއި ރައީސް މައުމޫނާއި ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. މި ތިން ރައީސުންނަށް ބަޖެޓުގައި ހިމަނާފައި ވަނީ ޖުމްލަ 11.7 މިލިއަން ރުފިޔާއެވެ.

ބޭސްފަރުވާގެ ޚަރަދުތައް ނުހިމަނައި އިނާޔަތުގެ ގޮތުގައި ރައީސް ޔާމީނަށް މަހަކަށް ދޭން ޖެހޭނީ 275،000ރ. އެވެ.



ކިޔުންތެރިންގެ ހިޔާލު