ބިދޭސީންގެ މައްސަލައަކީ މިދިޔަ ދައުރުގައި ހާވާފައޮތް ހަޑި މުޑުދާރު ޖަރީމާއެއް ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އަނބުރާ ފޮނުވައިލުމަށް ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ވަނީ އެދިފައެވެ.
މާލޭގައި ޢާމްދަނީ ލިބޭނެ ގޮތެއްނެތި ބިދޭސީން މަގުމަތިވެފައިވާ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ 2014 އިން 2018 އަށް ހާވާފައޮތް ހަޑި މުޑުދާރު ޖަރީމާއެއް ކަމަށާއި އެ މައްސަލައާ ހަވާލުވެ އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރުން ކަމަށެވެ.
ހަމަ އެއާއެކު މަގުމަތިވެފައިވާ ބިދޭސީންނަށް އިޤްތިޞާދީ ވުޒާރާއާ ގުޅޭނެ ނަންބަރެއް ދިނުމަށާއި އެފަދަ ކޮންމެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ހިންގާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް ފައްޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައިވެސް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެއަށް އައިސް ތިބި ބިދޭސީންނަށް ހުރިހާ ނަފްރަތެއް އަމާޒުވާއިރު އެކަން އެގޮތަށް ކުރީ ސަރުކާރުތަކުގައި ތިބި މީހުން ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ އެޖެންޓުންނާއި ސަރުކާރުތަކުގައި ތިބި މީހުން ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ވަރައް ބޮޑަށް ޝުކުރިއްޔާ. ޝައްކެއްވެސްނެތް އެހީތެރިކަން ފޯރުކޮއްދޭނެ. 2014-2018 ހާވާފައޮތް ހަޑި މުޑުދާރު މި ޖަރީމާއާ ހަވާލުވެ އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރު. ތިޔަފަދަ ކޮންމެ އެހީތެރިކަމެއް އުފަލާ އެކު ބަލައިގަންނާނަން. އެ ފަރާތާގުޅޭނެ ނަމްބަރު ފޮނުވާލަދެއްވުން އެދެން https://t.co/moKs1G24SY
— Fayyaz Ismail (@faya_i) December 6, 2021
ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ހިންގާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް ފައްޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައިވެސް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެއަށް އައިސް ތިބި ބިދޭސީންނަށް ހުރިހާ ނަފްރަތެއް އަމާޒުވާއިރު އެކަން އެގޮތަށް ކުރީ ސަރުކާރުތަކުގައި ތިބި މީހުން ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ އެޖެންޓުންނާއި ސަރުކާރުތަކުގައި ތިބި މީހުން ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ކިޔުންތެރިންގެ ހިޔާލު