ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ކުރީގެ ރައީީސްްް ޢަބްދުالله ޔާމީން ޖަލު ޙުކުމެއްގައި ހުންނެވި މުއްދަތަށް އިނާޔަތްދޭނަމަ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ބަންދުގައި ހުންނެވި މުއްދަތަށްވެސް އިނާޔަތްދޭން ޖެހޭނެކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާފައިވާ 3 ނޮވެމްބަރުގެ މުހިންމު ބަޠަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ރައީސް ޔާމީނަށް ދަށުކޯޓުތަކުން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާޠިލް ކުރުމުން އެ މުއްދަތުގެ ޢިނާޔަތް ދޭން ޖެހޭ ނަމަ 2015 އިން 2018 އަށް ރައީސް މުޙައްމަދު ނަޝީދު ބަންދުގައި ހުންނެވި ދުވަސްތަކަށްވާ އެލަވަންސްވެސް ދަޢުލަތުން ދޭން ޖެހޭނެ ކަމަށެވެ.

ޖެނެރަލް ޑީޑީ ވަނީ ރައީސް ޔާމީންގެ ދިފާޢީ ވަކީލް ޑރ. ޖަމީލަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ އޭރު ސަރުކާރުން އުފެއްދި މައްސަލައެއްކަމަށް ޑީޑީ ތުހުމަތު ކުރެއްވިއެވެ.

"ތިމާއަށް ވެރިކަން ހޯދައި ދިނުމަށް މަސައްކަތް ކޮށްދިން ނާޒިމް ތިމާގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރަކަށް ހުއްޓާ ރާވައިގެން ގެދޮރު ސްޓޯމްކޮށް ގެދޮރަށް ހަތިޔާރު ވައްދާ ފްރޭމްކޮށް ހެކި އުފައްދައިގެން ޖަލަށްލުން އެއީ ހަދިޔާއެއްތޯ." ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.



ޑީޑީ އިތުރަށް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ޖަލަށްލީއިރު ޝަރުޢީ ނިޒާމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙާލު އެންމެ ރަނގަޅަށް ސާފުވާނީ ރައީސް ޔާމީންގެ މިހާރުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލު ކުރުމާއެކު ރައީސް ޔާމިން ވަނީ އެމަނިކުފާނު ޝަރުއީ ހުކުމެއްގައި ހުރުމުން ނުދީ ވާ ރައީސްކަން ކުރި މީހަކަށް ދޭ އިނާޔަތް ހޯއްދެވުމަށް ދައުލަތަށް ހުށައަޅުއްވާފައެވެ. އެމަނިކުފާނު އިއްޔެ "ރަސް އޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައި އެކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު