އިދިިިކޮޅު ޕްރޮގްރެސިވް ކޯލިޝަން ސިޔާސީ މަސައްކަތުގައި ބޮޑުކޮށް ފެއިލްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
މެންބަރު އިކްރާމް މި މޭރުމުން ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިންނަށް ޖާގަ އެއް ނެތް ކަމަށާއި، އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވުމުގެ ގޮތުންނެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ޕީޕީއެމްގެ ޙަރަކާތެއް ކަމަށާއި އެކަމުގައި އިސްނަގައިގެން ހުރީ ރައީސް ޔާމީން ކަމަށް ވިދާޅުވެ ޕީޕީއެމުން ހުކުރުދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީންވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ޙަރަކާތް އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރަސްމީ ނިންމެވުމެއް ކަމަށްވެސް އިޢުލާނު ކުރެއްވިއެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން އިކްރާމް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޞާލިޙްގެ ސަރުކާރާ އިދިކޮޅަށް، "ނެތުމުގެ ތެރެއިން" އުފައްދާފައިވާ ޙަރަކާތެއް ކަމަށެވެ. އަދި މި ސަރުކާރާ ދެކޮޅަށް އެނޫން ކަމެއް ކުރުމަށް އިދިކޮޅު ފަރާތްތައް ނުކުޅެދުމަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތައް ކާމިޔާބުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް އިކްރާމް ވިދާޅުވިއެވެ.
"ޕްރޮގްރެސިވް ކޯލިޝަން ސިޔާސީ މަސައްކަތުގައި ބޮޑުކޮށް ފެއިލްވެއްޖެ." އިކްރާމް ވިދާޅުވެފައިވެއެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާއިން ހީކޮށްގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އަދި އިންޑިޔާ މިލިޓަރީގެ އެންމެ ބޫޓް ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުންނަން ބޭނުން ނުވާކަމަށްވެސް ރައީސް ޔާމީން އެޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

#PPMxPNC ah mi sarukaraa idhikolhah, nethumunuge therein ufahdhaafaivaa #INDIAOUT noon harakaatheh hingan neygumakee Raees @ibusolih ge sarukaaruge siyaasath thah kaamiyaabkan dhakkuvaidhey ali gadha hekkeh. PPMxPNC siyaasee masahkathuga bodukon fail vejje.
— Ikram Hassan MP (@ikramhassan) December 6, 2021
ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާއިން ހީކޮށްގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އަދި އިންޑިޔާ މިލިޓަރީގެ އެންމެ ބޫޓް ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުންނަން ބޭނުން ނުވާކަމަށްވެސް ރައީސް ޔާމީން އެޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު