އޮމިކްރޯން ވޭރިއަންޓާމެދު އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ވޭރިއަންޓް އޮފް ކޮންސަރން" އެއް ކަމުގައި މިދިޔަ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ. ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ
މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލާފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ޤައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލާ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ. މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މަޢުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެމުންދެއެވެ.
"މިހާތަނަށް ރާއްޖެއާއެކު 46 ޤައުމަކުން ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ." އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ފެނިފައިވާ އޮމިކްރޯން ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއް ކަމަށެވެ. ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ. ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓެވެ.
"ވީމާ، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އިލްތިމާސްކުރަމެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް
އޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ." އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ މާސްކް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމާއި، އަތް ސާފުކުރުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު