ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރަށް އެ ދާއިރާއަށް ނިސްބަތްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައިނުވާތީ މެންބަރު އާދަމް ޝަރީފް ވަނީ ދަޢުލަތުން ބޭކާރު ކަންކަމުގައި ވަގުތާއި ހަކަތަ އިސްރާފް ކުރާކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ހަތަރުދަމު ސަރުކާރުން އުޅުނީ ބޭކާރު މަސައްކަތެއްގައި ކަމަށެވެ. އަދި ސަރުކާރު ވަނީ ވަރަށްބޮޑަށް ބަލިކަށިވެފައި ކަމަށާއި ދޮންވެފައި އިންނަ ވަނދު ބަނބުކޭލެއް ވެއްޓޭހެން ސަރުކާރު މިހާރު ވެއްޓޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރަށްވައި ނާކާމިޔާބުވި އާރު.ޑީ.ސީ ގެ އެމްޑީ މޫސާ އަލި މަނިކު ވިދާޅުވީ އާދަމް ޝަރީފްގެ ހަނދާނުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންތައްތައް މިހާރު ނެތް ކަމަށެވެ.

"ރައީސް ޔާމީން ހިތްހަމަ ނުޖެހޭ އަމުރެއް ސުޕްރީމް ކޯޓުން ނެރެލި ކަމަށްޓަކާ ފުރާޅުން ޓިނު ނެގި މީހުން. މަޖިލިސް މެޖޯރިޓީ ހޯދަން ސިފައިން ވައްދާ ދަތްދޮޅި ދުއްވާލަން ގޮވި މީހުން. އެންމެ ގިނަ ފަނޑިޔާރުންނާ ސިޔާސީ ލީޑަރުން ޖަލަށްލާ އަނިޔާކުރި މީހުން." އާދަމް ޝަރީފަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވިއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ބޭބެ

09-Dec-2021

މޫކޭ ކަލޭ ހަނދާން އެބަހުރިތަ ބަނގުރާވިއްކި މީހަކު ރަށަކަށް އަރުވާލިހަނދާން ކަލޭ އެބަހުރިތަ މުލީއާގެއިން (ސަރުކާރުގެ މުދަލުން ) ވައްކަންކޮށްގެން މާރިޔާދީދީ ސޮއިކޮށްފައިވާ ދަޢުވާފޯމެއް ޝަރީޢަތަށް ހުށަހަޅާ އެކުށްސާބިތުވެ މީހަކަށް ކުރިޙުކުމް ތައްފީޒް ކުރުމަށް އަރުވާލެވުނު ހަނދާން މުކޭ ކަލޭއުޅޭ އުފީހުގައި 1 އަހަރުތެރޭ 1 ކަމެއް 3 ފަހަރު ތަކުރާރުވި ހަނދާ މުކޭ ކަލޭ އެންމެ ފަހަރަކުވެސް ސިސްނާލީމުތަ މިސަރުކާރުގެ އެންމެ އިސް އުސް މަޤާމުތަކުގައި ބޮޑަތިގޮޑިތަކުގައި ތިބީ ޖިނާޢީ ކުށުން ކުއްވެރިވެ ވެފައިވާ ބައެއްކަން