ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ވ)
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ވ)
ރާއްްޖެއަށް އިންޑިއާއާއި ޗައިނާވެސް މުހިންމު ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ބޮޑު ދެ ޕާޓީން އަވަށްޓެރި ބޮޑު ދެ ޤައުމަކަށް ބަރޯސާވެ ސިޔާސީ ވާދަވެރިކަމުގައި އެ ޤައުމުތަކަށް ބަދުބަސް ބުނަމުންދާތީ މެންބަރު އިކްރާމްވަނީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރަށްވާފައެވެ.

މިސަރުކާރަށް އިންޑިއާއިން ބޮޑެތި އެހީތަކެއް ވަމުންއަންނައިރު މިސަރުކާރުން ގިނަކަމުގައި ބަރޯސާވަނީވެސް އިންޑިއާއަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ބޮޑެތި އެހީތަކާއި ލޯނުތައް ހޯދީ ޗައިނާއިން ނެވެ. ޕީޕީއެމުން "އިންޑިއާ ފަސްޓް ޕޮލިސީ" ނުގެންގުޅޭ ކަމަށް ބުނެ އޭރު އިންޑިއާގެ ވަރަށް ބޮޑު ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ.

ސިޔާސީ ގޮތުން އަވަށްޓެރި ޤައުމުތަކަށް ބަދުބަސް ބުނަމުންދާ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިކްރާމް ޙަސަން ވިދާޅުވީ ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް އެތެރޭގެ ސިޔާސީ އެކްޓިވިސްޓުން "ހަޑިކޮށް ވާދަވެރިވުމަކީ" ރާއްޖެއަށް ނުހަނު ގެއްލުންހުރި ކަމެއް ކަމަށެވެ.

"މިކަން ހުއްޓުވުމަކީ ޕާޓީތަކާ ސިޔާސީ ލީޑަރުންގެ ޒިންމާއެއް. ރާއްޖެއަށް އިންޑިއާ ވެސް ޗައިނާވެސް މުހިންމު." މެންބަރު އިކްރާމް ވިދާޅުވެފައިވެއެވެ.



ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގަވާފައެވެ. ނަމަވެސް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ޗައިނާއިން ރާއްޖޭގެ ބޮލުގައި އަޅުވާ ދަރަނިތަކެކެވެ. އަދި އެކި މުނާސަބަތު ތަކުގައި ރައީސް ނަޝީދު ޗައިނާއަށް ރައްދުކުރަށްވައި ވިދާޅުވަމުން ގެންދަވާ ފާޑުވިދާޅުވުން ތަކަށް ދޭތެރެދޭތެރެއިން ޗައިނާއިން ވަނީ ރައްދުވެސް ދީފައެވެ.

ރައީސް ޔާމީންގެ ސަރުކާރާ ޚިލާފަށް ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް އުފައްދައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއަށް ބަރޯސާވެފައެވެ. އެކަމާގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ އިންޑިއާއަކީ ރާއްޖޭގެ ދާޚިލީ މިނިވަންކަމަށް އޮތް ބިރެއް ކަމުގައި ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ޙަރަކާތެއްވެސް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު