ރައީސް ޔާމީންގެ ވެރިކަމުގައި ޕްރެސް ކޮންފަރެންސެއް ދިނުމުން 4 މަސްވަންދެން ޕާސްޕޯޓް ހިފެހެއްޓި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މެންބަރު އިމްތިޔާޒް ފަހުމީ މިމޭރުމުން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެ ދިނުމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައި ނުވުމުންނެވެ.
އިންތި ވިދާޅުވީ ޕްރެސް ކޮންފަރެންސެއް ދިނުމުން އޭނާގެ ޕާސްޕޯޓް 4 މަސްވަންދެން ކޯޓުން ހިފެހެއްޓި ކަމަށެވެ. އަދި އެތައް ބައެއްގެ ޕާސްޕޯޓް ތާއަބަދަށް ހިފެހެއްޓިކަމަށްވެސް އިންތި ވިދާޅުވިއެވެ. އިންތި ވަނީ އޭރު ޕާސްޕޯޓް ހިފަހައްޓައިގެން އުޅުނީ ކޮންތަނަކަށް ފުރަން އުޅުމުންތޯ ސުވާލު އުފައްދަވާފައެވެ.
2018 ވަނަ އަހަރުގެ މާރޗު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ކޯޓުން ހިފެހެއްޓިއެވެ.
ހަތަރު ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލީ ކޯޓް އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފާއްޓާފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެ ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލައިފައިވަނީ ފުލުހުން ދައުވާކޮށްދިނުމަށް އެދުނު މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ދައުވާނުކުރުމަށް ނިންމައި، މައްސަލަތައް ފައިލްކުރުމާއި ގުޅިގެންނެވެ.
އިންތި އެވިދާޅުވާ ގޮތަށް ޕާސްޕޯޓް ހިފެހެއްޓީ ކުރީގެ ސަރުކާރުގައި އޮތް ކަމަށް އެމްޑީޕީންނާއި އޭރު އެމްޑީޕީއާއެކު އިދިކޮޅުގައި މަސައްކަތް ކުރި ފަރާތްތަކުން ތުހުމަތުކުރި އިސްލާހު ކުރަން ޖެހިފައި އޮތް ކަމުނުދާ ޖުޑިޝަރީ ނިޒާމު ރާއްޖޭގައި އޮތް ދުވަސް ވަރުއެވެ. ނަމަވެސް މިއަދު އޮތީ އެބޭފުޅުން އިސްލާހު ކުރަން ވިދާޅުވި ޖޭއެސްސީއާއި އެބޭފުޅުންގެ ފުރިހަމަ ބާރު ހިނގާ ޖުޑިޝަރީ ނިޒާމެކެވެ. އެމްޑީޕީގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ޖޭއެސްސީން މިއަދު އަންނަނީ އެބޭފުޅުން ގަބޫލުނުކުރާ ނުވަތަ ކަމުނުދާ ގޮތަށް ޝަރީއަތް ކުރާ ހުރިހާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅައި އެމީހުން ވަޒީފާއިން ވެސް ވަކި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު