"ކޮތަރުކޮށި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާ އޮންނާނީ ހުޅުމާލެ ފޭސް-2 "ހިޔާފްލެޓް" ސަރަޙައްދުގައި ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށް އެޕާޓީން ބުނެ އެވެ.
މިއީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ 2 އަހަރު ދުވަސް ތަންފީޒުކުރެއްވި ފަހުން ސްޕްރީމް ކޯޓުން އެހުކުމް ބާތިލު ކުރިފަހުން ރައީސް ޔާމީން އާންމުތަނެއްގައި މިގޮތަށް ވާހަކަފުޅު ދައްކަވާނެ ދެވަނަ ފަހަރެވެ.
ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާން ސަލާމަތްވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގެންދަނީ އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ. އަދި ޕީޕީއެމްގެ ސިޔާސީ މަސައްކަތްތައް ވަރުގަދަ ކުރުމަށް ރަށްރަށަށް ވަޑައިގަތުމަށްވެސް ރައީސް ޔާމީން މިހާރު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު