ޢަލީ ވަޙީދު (ކ) އާއި ޕީޖީ ޝަމީމް (ވ)
ޢަލީ ވަޙީދު (ކ) އާއި ޕީޖީ ޝަމީމް (ވ)
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ފެންވަރުވާލަން ޖެހޭ ކަމަށާޢި އޭނާ ނުހޭކޭ ތަނެއް ނެތް ކަމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދު މިމޭރުމުން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައި ނުވުމުންނެވެ. މިމައްސަލައިގައި ފަނޑިޔާރުގެ ނިންމެވުމުގައި ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފަހައްޓަން ޕީޖީން އެދިފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ހަޖޫ ޖަހައި ފާޑު ކިޔަމުންނެވެ.

ޕީޖީ ޝަމީމަށް ފާޑުވިދާޅުވެ ޢަލީ ވަޙީދު ވިދާޅުވީ އެއް ޅެމެއް އެކި ރާގަށް އެކި ކެސެޓުން ޖެހިޔަސް ހަޤީޤަތް ބަދަލު ނުވާނެކަމަށެވެ. އަދި ސޮދުރާ އަޖުޒުންވެސް ރައީސް ޔާމީނާ ވައްކަމާ ނުގުޅުވޭނެ ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ތިޔަކަމާ އުޅެން ރަނގަޅީ ކޮންމެ މީހަކު އަމިއްލައަށް ފެންވަރާލައިގެން. ފުރަތަމަ ދައުލަތުން އިސްނަގައިގެން ޕީޖީޝަމީމް ފެންވަރުވާލަންފެނޭ. ނުހޭކޭ ތަނެއް ނެތް!" ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.



މީގެ ކުރިން ޢަލީ ވަޙީދު ވަނީ، އެމްއެމްޕީއާރުސީގެ ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާއި ހަމައިން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުޅުއްވި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭނެ ކަމަށާއި، އެ ދަބަހުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރަށްވާނެ ކަމަށް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

ވަޒީރުކަމުގައި ހުންނެވިއިރު މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލުމުން ގައުމު ދޫކުރައްވާ ވަޑައިގެން އުޅުއްވާ އަލީ ވަހީދު މިފަހަކަށްއައިސް ގެންދަވަނީ ޕީޖީ ޝަމީމަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު


1

ނަޖްވާ

09-Dec-2021

މި އަލީ ވަހީދު މީ ރާއްޖެ ގެނެސް ފިސާރި ރަނގަޅަށް ފެންވަރުވާލަން ޖެހޭ މީހެއް!