ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މި ސަރުކާރަށް ދޮންދަރިއެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މި ސަރުކާރަށް ދޮންދަރިއެއް ކަމަށާއި ހިޔާ ފްލެޓްތައް ޙަވާލުކުރުމަށް ދެއަހަރު ދުވަސް ވޭތުވީ އެހެންވެގެން ކަމަށެވެ. އަދި މިސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީ ކުރަން ބޭނުން ނުވާކަމަށް ޑރ. މުއިއްޒު މިއަދު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް މި ސަރުކާރުން ދިނީ ކުރީ ސަރުކާރުން ފްލެޓް ދީފައިތިބި އެތައް ރައްޔިތުންނެއް މަގުމަތި ކުރުމަށްފަހު އެތަން ނުވެސް ނިންމާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި މިސްކިތެއްވެސް ސްކޫލެއްވެސް ނެތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"މިއަދު އައި ސަރުކާރަކުން ތަނަކަށް ބައެއް ވެއްދިނަމަ އެހެން ބުނެވިދާނެ. ނަމަވެސް ދެއަހަރާ ބައިވީއިރު ޕްލޭންގައި ހުރި ކަންތައްތައް ނުކުރަށްވާ ރައްޔިތުން އެތަނަށް ގެންގޮސްފަ މަންމަވީ ދަރިފުޅު ކޮނޑަށް ލައިގެން ސްކޫލަށްވެސް ދާން. އެތަނުގަ ނެތް ވޭސްޓް މެނޭޖްމަންޓެއް ހަމަޖައްސާފައެއް. އެތަނުގަނެތް ޕޮލިސިން އެއްވެސް." ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.
ސަރުކާރަށް ޤާނޫނު ފެންނަނީ ސަރުކާރުގެ ނަޒަރިއްޔާތުން އެކަނި ކަމަށާއި ނަމަވެސް އެއީ މާލޭ ރައްޔިތުންނާއި ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. ކައުންސިލުން އޮތީ މިއަދުވެސް ހުޅުމާލެއާ ޙަވާލުވުމަށް ތައްޔާރަށްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު