ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ސިޔާސީ ޙަރަކާތް ހިންގާނެ ތަންތަން ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުން ވަނީ ފާސްކޮށްފައި ކަމަށް ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މަނިކު ނައިބު ރައީސްކަން ކުރެއްވި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފުރިހަމަ ކޮންޓްރޯލްއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ އެއްވެ އުޅުމާބެހޭ ޤާނޫނަށް އިސްލާޙުގެނަސް މާލޭގައި އެއްވެ އުޅެވޭ ތަންތަން ކަނޑައަޅާފައެވެ. ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފައިގެން އެބަޔަކު ބޭނުންވާ ތަނަކަށް ބޭނުން އިރެއްގައި އެއްވެ ޚިޔާލުފާޅު ކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަކާލާތު ކުރި ނަމަވެސް ސަރުކާރު ލިބުމުން އެޕާޓީގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން ކުރީގެ އިސްލާހު އިޔާދަކުރާ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާއެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރަށްވަމުން ރީކޯ މޫސަ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ސިޔާސީ ޙަރަކާތް ހިންގާނެ ތަންތަން ކަނޑައެޅީ އެއްބައެއްގެ އަސާސީ ޙައްޤުތަށް ގެއްލޭނެތީ ކަމަށެވެ.

ރާއްޖެއަކީ ޔުނިޓަރީ ދަޢުލަތެއްކަން ފާހަގަ ކުރަށްވަމުން މޫސަ ވިދާޅުވީ ކައުންސިލްގެ އިހުތިސާސް ކަނޑައެޅިގެންވަނީ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށެވެ. އަދި ކައުންސިލަށް ފުލުހުންނަށް ގޮތް ނުކިޔޭނެ ކަމަށާއި ފުލުހުންނަކީ ކައުންސިލްގެ ދަށުން ހިނގާ ޚިދުމަތެއް ނޫންކަމަށް މޫސަ މިއަދު ވިދާޅުވިއެވެ.



ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމުން ބާއްވަން އުޅޭ ޖަލްސާއަށް ފުލުހުން ހުރަސް އަޅަމުންދާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ދިވެހި ފުލުހުން ސީޕީ ހަމީދު ކުރާ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް އެ ކައުންސިލްގެ މެންބަރު ޝުޖާއު މިއަދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސިޓީ ކައުންސިލާއި ހުޅުމާލޭގެ މިލްކުވެރިކަން އޮންނަ އެޗްޑީސީގެ ގުޅުން ގޯސްވެފައިވަނީ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމާ ގުޅިގެންނެވެ. އެޗްޑީސީން މިހާރުވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު