މިނިވަންކަމާއެކު މަސައްކަތްކުރާނެ ޖާގަނުލިބި ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، އެކޮމިޝަންގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ނެތްކަން ހާމަވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފި އެވެ.
ގައުމީ އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލުތައް މަދު ކުރެވޭނީ އެފަދަ ޢަމަލުތައް މިނިވަން ކަމާއެކު ތަޙްޤީޤު ކުރެވިގެން ކަމަށެވެ. އެކަމަށްޓަކައި ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރާ މުޢައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަދޭން ޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖެސްތަކާ އެކީގައި. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހެއޭ." ޝިއުނާ ވިދާޅުވި އެވެ
ޝިއުނާ ވިދާޅުވީ ކޮންމެ ބަޔަކު ކޮމިޝަންގައި މަސައްކަތްކުރި ނަމަވެސް ނަތީޖާ ނެރެވޭނީ ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށާއި އެހެންނޫންނަމަ ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ނުކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައްވެސް ލިބިދޭން ޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އޭސީސީގެ ހުރިހާ މެންބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ. އެ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ކޮމިޝަންގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު