މާލޭ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒުއަކީ ރައީސުލްޖުމްހޫރިއްޔާ ނޫންކަން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހަނދާންކޮށްދެއްވައިފިއެވެ.
މެންބަރު އިކްރާމް މިމޭރުމުން ވިދާޅުވެފައިވަނީ ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ބޭނުންވާ ކަންކަމަށް މަގުފަހިކުރުމަށް ސަރުކާރުގައި ދަންނަވައިގެންވެސް ޙައްލެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ގޮތްދޫކޮށް ކުޑަކަކޫޖަހާ ފަހަތަށްޖެހި ދުރަށް ދިއުމުގެ ވިސްނުން ނެތްކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒުއަށް ރައްދު ދެއްވަމުން އިކްރާމް ވިދާޅުވީ މުއިއްޒަކީ މާލޭސިޓީގެ މޭޔަރު ކަމަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށެވެ. އެހެންކަމުން ޤާނޫނީ އިމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލް ހިންގެވޭތޯ އުޅުއްވުން ރަނގަޅުވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި "ހަޑިކޮށް" ނޫޅުއްވުމަށް އިކްރާމް ވަނީ މުއިއްޒަށް ގޮވާލައްވާފައެވެ.
ހަމައެއާއެކު ސިޔާސީވެރިން ކުޑަކަކޫ ޖައްސުވަން ރައީސް ޞާލިޙް ނޫޅުއްވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.
"ސިޔާސީ ވާދަވެރިން ކުޑަކަކޫ ޖައްސުވަން އުޅުއްވީ ރައީސް ޔާމީނާއި ތިބޭފުޅުން." ޑރ. މުޢިއްޒަށް ރައްދު ދެއްވަމުން އިކްރާމް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުޢިއްޒު ވިދާޅުވީ ސަރުކާރުން މާލޭ ރައްޔިތުން ނިކަމެތި ކުރަމުންދަނީ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީން ޕީޕީއެމަށް ލިބުނު ކާމިޔާބީގެ ސަބަބުން ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ނެތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މިހާރު ހޫނުވެފައިވާ ހުޅުމާލޭ ރަޖިސްޓްރީގެ މައްސަލާގައި މުޢިއްޒު ވިދާޅުވީ އެ ނިންމުމަކީވެސް ޤާނޫނީ ލަފާ ހޯއްދަވައިގެން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު