ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
ޖަރުމަންވިލާތުގެ އައު ޗާންސެލަރ އޯލާފް ޝޮލްޒްސް އަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޖަރުމަންވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ބޮޑު އަޣުލަބިއްޔަތަކުން ޗާންސެލަރުގެ މަޤާމަށް އިންތިޚާބުވި އޯލާފަށް ތަހުނިޔާ ފޮނުއްވައި ޤާސިމް އިބްރާހިމް ފޮނުއްވި މެސެޖުގައި ވަނީ ރާއްޖެއާއި ޖަރުމަންވިލާތާއި ދެމެދު ފާއިތުވީ ދުވަސްތަކުގައި އޮތީ ގާތް ބަދަހި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޑިމޮކްރެސީ ނެގެހެއްޓުމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމުގެ އިތުރުން އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދެޤައުމުގެ ދެމެދުގައި ހަރުދަނާ ގުޅުމެއް އުފެދިފައި އޮތްކަން ޤާސިމް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އޯލާފްގެ ލީޑަރޝިޕްގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރަށްވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.



ޖަރުމަނުގެ ޗާންސެލަރުގެ މަޤާމުގެ ހުވާ އޯލާފް ޝޮލްޒްސް ކުރަށްވާފައިވާއިރު އޭނާ މީގެ ކުރިން ހުންނެވީ 16 އަހަރުވަންދެން ޖަރުމަނުގެ ޗާންސެލަރުކަން ކުރެއްވި އެންޖެލާ މާކެލްގެ ނައިބުގެ މަޤާމުގައެވެ.

މާކެލްގެ ސަރުކާރުގައި މާލީ ވަޒީރުކަންވެސް ކުރެއްވި ޝޮލްޒްސަކީ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް ތަންފީޒުކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅެކެވެ. ޝޮލްޒްއަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުގައި އިންތިޚާބުވެ ވަޑައިގެންނެވި 9 ވަނަ ޗާންސެލަރެވެ.



ކިޔުންތެރިންގެ ހިޔާލު