އިންޑިިޔާ ސިފައިންނާއެކު ރައީސް ޞާލިޙްވެސް ޖެހޭނީ ފައިބަން ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރަށްވާ ސަޢީދު މި މޭރުމުން ވިދާޅުވެފައިވަނީ މިނިވަންކަމަކީ މަސްދޯންޏަށް ވުރެ ޑްރަގް ބޯޓު ގިނަވާން ދޫކޮށްލުމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމިން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޞާލިޙް ރޭ ދެއްވި ވަރުގަދަ ރައްދާއި ގުޅިގެންނެވެ.
ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރަށްވައި މެންބަރު ސަޢީދު ވިދާޅުވީ ޑްރަގްބޯޓު ހުއްޓުވަން އޮތް އުކުޅަކީ އަވަށްޓެރިންނަށް ޤައުމު ވިއްކާލުން ނޫން ކަމަށެވެ. ސަޢީދު އިޝާރާތް ކުރަށްވާފައިވަނީ އަވައްޓެރި އިންޑިއާއެކު ރާއްޖޭން ބާއްވަމުން ގެންދާ އަސްކަރީ ގާތްގުޅުމުގެ މައްޗަށެވެ.
"އިންޑިއާ ސިފައިން އަދި މަނިކުފާނުވެސް ޖެހޭނީ ފައިބަން." މެންބަރު ސަޢީދު ވިދާޅުވިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ މި ސަރަހައްދުގެ އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެ އަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތުތައް ހިންގާ ފަރާތްތައްވެސް ހަރަކާތްތެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު