އިންތިޚާބަކުން ބަލިވެވަޑައިގެންނެވުމުން ބަލިޤަބޫލުނުކުރަށްވައި ތަންދޮރު ނުދަންނަ ޖާހިލެއްހެން ނޫޅުއްވުމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފް (އީސީ ޝަރީފު) ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމަށް ގޮވާލައްވައިފިއެވެ.
ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު 2018 ގެ އިންތިޚާބުގައި ބަލިވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން 2018 ގެ އިންތިޚާބުގެ ނަތީޖާއަކީ ބަޔަކު ރާވައިގެން ކުޅުނު ކުޅިގަނޑެއްކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް ވަނީ "އިންތިޚާބަކުން ބަލިވުމުން ބަލިޤަބޫލުނުކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން" ނޫޅުއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ. ޝަރީފް ވިދާޅުވީ ރައްޔިތު އެންމެންގެ ކުރިމަތީގައި ވޯޓުލައި ވޯޓު ގުނައި ސާފު ވޯޓަކުން ބަލިވެވަޑައިގެންނެވުމުން ބަލި ޤަބޫލުނުކުރެއްވުމަކީ ރައީސްކަން ކުރަށްވާފައިވާ ބޭފުޅަކު ކުރަށްވަން ރީތި ކަމެއް ނޫން ކަމަށެވެ.
"ޕޯޑިއަމަށް އަރާހުރެ މާ ކޫލް ކަމެއް ކަމަށް ހީކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށްއެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރަށްވާފައިވާ ބޭފުޅަކު ކުރަށްވަން މާރީތި ކަމެއް ނޫން." ޝަރީފް ވިދާޅުވެފައިވެއެވެ.
ރޭގެ ޖަލްސާގައި ޝަރީފަށް ނިސްބަތް ކުރަށްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޝަރީފަކީ ހާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއްކަމަށާއި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި 2018 ގެ ވޯޓުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޝަރީފް ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާދެއްވީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

Rayyithu emmen kurimathee vote lai, vote guna saafu vote akun baliveema bali gaboolunukoh podium ah araa hure maa cool kameh kamah hee koh thandhoru nudhanna jaahileh hen hithah erihaa ehcheh kiyumakee Raees kan kurahvaa faivaa beyfulhaku kuran maa reethi kameh noon
— Ahmed Shareef (@ShareefRangondi) December 11, 2021
ރޭގެ ޖަލްސާގައި ޝަރީފަށް ނިސްބަތް ކުރަށްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޝަރީފަކީ ހާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއްކަމަށާއި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި 2018 ގެ ވޯޓުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޝަރީފް ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާދެއްވީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު