ޑރ. މުހައްމަދު އިޔާޒް
ޑރ. މުހައްމަދު އިޔާޒް
ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވީ ޕީޕީއެމްގެ ސަރުކާރުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ފަނޑިޔާރުގެއަށް ނޫފޫޒު ފޯރުވާކަމަށް އިދިކޮޅު ޕީޕީއެމުން ކުރާ ތުުހުމަތުތަކަށް ރައްދު ދެއްވަމުން މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރ ޑރ. އިޔާޒް ވިދާޅުވީ ކުރީގެ ސަރުކާރުން ބުނާހާ ގޮތަކަށް ޙުކުމް ނުކުރާނެކަމަށް ހީވި ފަނޑިޔާރުން ރަށްރަށަށް މުއްދަތެއްނެތް ގޮތުގައި އަރުވާލި ކަމަށެވެ. އަދި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވުމަކީ އެއީ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދުގެ ބަދު އަޚްލާޤީ ވީޑިޔޯތަކެއް ލީކުވެފައިވާ ދަނޑިވަޅެއްގައި އޭނާއަށް ޖޭއެސްސީގެ ރައީސްކަން ދިނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖްލީހުންކަން ޑރ. އިޔާޒް ފާހަގަ ކުރެއްވިއެވެ.

"ބޭނުމަކީ އޭނާގެ ނަގޫފިއްތާފައި ބޭނުން ގޮތަކަށް ފަނޑިޔާރުގެ ތަކަށް ނުފޫޛު ފޯރުވުން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.



ޑރ. އިޔާޒް ވިދާޅުވީ ބަޔަކު މީހުން ބާޠިލް ޙައްޤު ކަމުގައި ދައްކުވައިދޭން ކިތަންމެ މަސައްކަތްތަކެއްކުރި ނަމަވެސް އެކަން އެ ގޮތަކަށް ނުވާނެ ކަމަށެވެ. އަދި އަނިޔާވެރި މަކަރުވެރިންނަށް އާޚިރުގައި ލިބޭނީ ކެހި ކަމަށާއި ދާއިމީ އުފާވެރިކަން ބޭނުންނަމަ އިޚްލާޞްތެރިކަން އިސްކުރަން ޖެހޭކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ.

އިސްލާމީ ތާރީޚުން މިސާލު ޖައްސަވަމުން ޑރ. އިޔާޒް ވިދާޅުވީ ލަޝްކަރު ބޮޑުވެގެން ކާމިޔާބީ ލިބޭނެނަމަ ބަދުރު ހަނގުރާމައިގެ ދުވަހުގައި މުޝްރިކުންނަށް ކާމިޔާބުވީސް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު