ރައީސް ޞާލިޙު ކޯފާވިޔަސް އިންޑިޔާ އައުޓް ކެމްޕެއިން ދާނީ ކުރިއަށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑު ސަރަހައްދު އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރޭގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
އަދުރޭ މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު "ރުޅިއައިސްގެން ދެފައި ތުރުތުރުއަޅާވަރުން ކޮޅަށް ނުހުރެވުނަސް," އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓާނުލާނެ ކަމަށާއި, އެއީ ދިވެހި ރައްޔިތުންގެ ކެމްޕެއިނެއް ކަމަށެވެ.
"ރައްޔިތުންނަކީ ކުށްވެރިންކަމަށް ސޯލިހު ބުނުމަކުން ހައިރާނެއްނުވޭ. 19 ދިވެހިން ޝަހީދުކޮށްލީ ސޯލިހުގެ ބަފައިބެ އިސްވެހުރެދޯ. ކޮބާލަދު." އަދުރޭ ވިދާޅުވިއެވެ.
ކ. ގާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ޑްރަގްގެ ނެޓްވޯކްތައް އަބަދާއި އަބަދު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރިތަކާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތް ކުރާ ފަރާތްތައް އިންޑިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ އެފަދަ ވިޔަފާރިތަކުގައި އުޅޭ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށެވެ.

ރ.ސޯލިހު ރުޅި އައިސްގެން ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ނުހުރެވުނަސް އިންޑިޔާ އައުޓް ކެމްޕެއިންދާނީ ކުރިއަށް.އެއީ ދިވެހި ރައްޔިތުންގެ ކެމްޕެއިނެއް.ރައްޔިތުންނަކީ ކުށްވެރިންކަމަށް ސޯލިހު ބުނުމަކުން ހައިރާނެއްނުވޭ!19 ދިވެހިން ޝަހީދުކޮށްލީ ސޯލިހުގެ ބަފައިބެ އިސްވެހުރެދޯ؟ކޮބާލަދު؟ pic.twitter.com/hQN8yVvPiK
— Abdul Raheem Abdulla (@Banafsaa) December 11, 2021
ކ. ގާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ޑްރަގްގެ ނެޓްވޯކްތައް އަބަދާއި އަބަދު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރިތަކާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތް ކުރާ ފަރާތްތައް އިންޑިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ އެފަދަ ވިޔަފާރިތަކުގައި އުޅޭ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު