އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފްގެ ވާހަކަތަކުން 2018 ގެ އިންތިޚާބު "ފޭރިގަތްކަން" ކަށަވަރު ވެއްޖެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ނިސްބަތްކުރަށްވައި އީސީ ޝަރީފް މިއަދު ވިދާޅުވީ ރައްޔިތު އެންމެންގެ ކުރިމަތީގައި ވޯޓުލައި ވޯޓު ގުނައި ސާފު ވޯޓަކުން ބަލިވެވަޑައިގެންނެވުމުން ބަލި ޤަބޫލުނުކުރެއްވުމަކީ ރައީސްކަން ކުރަށްވާފައިވާ ބޭފުޅަކު ކުރަށްވަން ރީތި ކަމެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާ ޝިޔާމް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅަކު މިފަދަ ޢިބާރާތަކުން ޓްވީޓެއް ކުރެއްވުމުން ރާވައިގެން އިންތިހާބު "ފޭރިގެންފައި" އޮތްކަން ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭ ކަމަށެވެ.
"މިކަން ތަހުގީގު ކުރަން ޖެހޭ." ފުލުހުންނާއި ޕީޖީ އޮފީސް އަދި ސުޕްރީމް ކޯޓް ޓެގްކުރަށްވައި ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވަނީ "އިންތިޚާބަކުން ބަލިވުމުން ބަލިޤަބޫލުނުކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން" ނޫޅުއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ. އަދި ޕޯޑިއަމްގައި އިންތިޚާބާއި ގުޅުވައި ދައްކަވާ ވާހަކަފުޅުތައް "މާ ކޫލް" ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮތަރުކޮށި" ޖަލްސާގައި ޝަރީފަށް ނިސްބަތް ކުރަށްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޝަރީފަކީ ހާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއްކަމަށާއި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި 2018 ގެ ވޯޓުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

2018 Riyaasee Inthikhab beyvvunu iru @ElectionsMv ge Raeesakah hunnevi beyfulhaku mi tweet mi ibaaraathun kurevveema raavaigen inthikhab feyriganefai oiykan shakkeh neiy minvarah yageenkohdhey. Mikan thahuqeeg kuranjehey @PoliceMv @PGO_MV @SCMaldives https://t.co/QUrN5mFNm9
— Ahmed Shiyam (@Shiyamaldives) December 11, 2021
ރައީސް ޔާމީނަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވަނީ "އިންތިޚާބަކުން ބަލިވުމުން ބަލިޤަބޫލުނުކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން" ނޫޅުއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ. އަދި ޕޯޑިއަމްގައި އިންތިޚާބާއި ގުޅުވައި ދައްކަވާ ވާހަކަފުޅުތައް "މާ ކޫލް" ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮތަރުކޮށި" ޖަލްސާގައި ޝަރީފަށް ނިސްބަތް ކުރަށްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޝަރީފަކީ ހާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއްކަމަށާއި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި 2018 ގެ ވޯޓުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު