އެމްޑީޕީގެ ލީޑަރޝިޕް ހިމޭންކޮށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ޙަރަކާތްތައް ފަނޑުވެފައިވާތީ ރީކޯ މޫސަ ވަނީ އެއީ ކަންބޮޑުވުމެއް ކަމަށް މިއަދު ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު އެމްޑީޕީއަށް ގެއްލުންވާގޮތަށް ސަރުކާރުން ނިންމި ނިންމުންތަކަށް ޕާޓީގެ ލީޑަރޝިޕުން ފާޑު ކިޔަން ފެށުމުން މޫސަ ވަނީ ލީޑަރޝިޕުން ހިމޭނުން ތިބުމަށްވެސް ގޮވާލައްވާފައެވެ. އަދި އޭރު މޫސަ ވަނީ ލީޑަރޝިޕުން ބަޣާވާތްކުރާކަމަށްވެސް ތުހުމަތުކުރަށްވާފައެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޙަމަލާގެ ފަރުވާއަށްފަހު މާލެ ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ވަނީ ސަރުކާރަށް އެއްބާލުން ދެއްވަވާ ފަދަ މޭރުމަކުން ބަސް ވިދާޅުވާން ފަށްޓަވާފައެވެ. އެއާއެކު ޕާޓީގެ މާބޮޑު ޙަރަކާތެއް ސަރުކާރު ޒިންމާދާރު ކުރުވުމުގައިވެސް އަދި ސަރުކާރަށް އެއްބާރުލުން ދިނުމުގައިވެސް ފެނިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މޫސަ މިއަދު ވިދާޅުވީ މާޒީގައި އެމްޑީޕީއަށް ނުވަތަ ޕާޓީގެ މީހަކަށް ރައްދުވާ ގޮތަށް އެހެން ޕާޓީއަކުން އެއްޗެއް ބުނެފިނަމަ އެމްޑީޕީން ޖަލްސާ ބާއްވައި ނިއުސް ކޮންފަރެންސް ބާއްވައި ޤައުމީ މަޖްލިސް ބޭއްވުމުގައި ހޭބޯނާރާ އުޅޭ ކަމަށެވެ.
ނަމަވެސް މިހާރު "އެމްޑީޕީގެ ލީޑަރޝިޕް ހިމޭންވެފައި މިއޮންނަނީ ކިހިނެއްވެފައި ބާވައޭ ހިތަށްއަރާ" ކަމަށް މޫސަ ވިދާޅުވިއެވެ.
އޭގެ އިތުރުން އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވާން ޕާޓީގެ ރައީސާއި ޗެއަރޕަރސަން ބޭނުންނުވަނީ ސަރުކާރަށް ތާއީދުނެތްކަން ދަންކަން ވެގެންތޯ މޫސަވަނީ ސުވާލު އުފައްދަވާފައެވެ.
"އެޕާޓީގެ މީހުންނަކީ ލިބޭ އެއްޗަކަށް ބަަލައިގެން ޖަލްސާއަށް ދާބައެއް ނޫން.. ޕާޓީ ކުދިން މިހެންކިޔާތީ އަޑުއިވޭ." މޫސަ ވިދާޅުވިއެވެ.
ބެލެވޭގޮތުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ހަރަކާތެއް ނެތްކަމާއި އަދި އަމާޒުވާ ބަސްތަކާ ދެކޮޅަށް ބަސްބުނެ ޖަވާބު ނުދޭތީ ރީކޯ މޫސަ ފާޑުވިދާޅުވެފައި މިވަނީ މިފަހުން އިދިކޮޅު ޕީޕީއެމުން ބާއްވާފައިވާ ޖަލްސާ ތަކުގައި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމިން ސަރުކާރަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކުރަށްވާ ވިދާޅުވާ ބަސްފުޅުތަކާއި ފާޑުވިދާޅުވުންތަކާއި ގޮންޖެއްސެވުން ތަކަށް އެމްޑީޕީގެ ލީޑަރޝިޕުން ރައްދު ނުދޭތީއެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ދަޢުލަތުން ފޯރުކޮށްދެމުންދާ ރައްކާތެރިކަމަށްވެސް ރީކޯ މޫސަ މިއަދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮންމެ މީހަކުވެސް ނިކުންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއިން ސެކިއުރިޓީއާއި އިނާޔަތް އުމުރުދުވަހަށް ހަމަޖެހުމުން ދެން ޕާޓީ މުހިއްމު ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"ވެއްޓޭ ވަރަށްވުރެ ބާރަށް ތެދުވެ ދުވީ ހައިބަތު ހޯދަން. އެކަން އޯކޭވީނު މިހާރު. ދެން އަތްޖަހާ." ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.

މާޒީގައި MDP އަށްނުވަތަ ޕާޓީގެމީހަކަށް ރައްދުވާގޮތަކަށް އެހެން ޕާޓީއަކުން އެއްޗެއްބުނެފިއްޔާ ޖަލްސާބޭއްވުމާ ނިއުސްކޮންފަރެންސް ބޭއްވުމާ ޤ މަޖްލިސް ބޭއްވުމުގަ ހޭބޯނާރާއުޅޭ MDP ގެ ލީޑަޝިޕް ހިމޭންވެފަ މިއޮންނަނީ ކިހިނެއްވެފަބާވައޭހިތަށްއަރާ @Dhonbiley އަހާލީ
— Moosa Maniku (Reeko) (@ReekoMoosa) December 11, 2021
އޭގެ އިތުރުން އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވާން ޕާޓީގެ ރައީސާއި ޗެއަރޕަރސަން ބޭނުންނުވަނީ ސަރުކާރަށް ތާއީދުނެތްކަން ދަންކަން ވެގެންތޯ މޫސަވަނީ ސުވާލު އުފައްދަވާފައެވެ.
"އެޕާޓީގެ މީހުންނަކީ ލިބޭ އެއްޗަކަށް ބަަލައިގެން ޖަލްސާއަށް ދާބައެއް ނޫން.. ޕާޓީ ކުދިން މިހެންކިޔާތީ އަޑުއިވޭ." މޫސަ ވިދާޅުވިއެވެ.
ބެލެވޭގޮތުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ހަރަކާތެއް ނެތްކަމާއި އަދި އަމާޒުވާ ބަސްތަކާ ދެކޮޅަށް ބަސްބުނެ ޖަވާބު ނުދޭތީ ރީކޯ މޫސަ ފާޑުވިދާޅުވެފައި މިވަނީ މިފަހުން އިދިކޮޅު ޕީޕީއެމުން ބާއްވާފައިވާ ޖަލްސާ ތަކުގައި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމިން ސަރުކާރަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކުރަށްވާ ވިދާޅުވާ ބަސްފުޅުތަކާއި ފާޑުވިދާޅުވުންތަކާއި ގޮންޖެއްސެވުން ތަކަށް އެމްޑީޕީގެ ލީޑަރޝިޕުން ރައްދު ނުދޭތީއެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ދަޢުލަތުން ފޯރުކޮށްދެމުންދާ ރައްކާތެރިކަމަށްވެސް ރީކޯ މޫސަ މިއަދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮންމެ މީހަކުވެސް ނިކުންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއިން ސެކިއުރިޓީއާއި އިނާޔަތް އުމުރުދުވަހަށް ހަމަޖެހުމުން ދެން ޕާޓީ މުހިއްމު ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"ވެއްޓޭ ވަރަށްވުރެ ބާރަށް ތެދުވެ ދުވީ ހައިބަތު ހޯދަން. އެކަން އޯކޭވީނު މިހާރު. ދެން އަތްޖަހާ." ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު