ކޯވިޑް-19 ޖެހިގެން އައްޑޫން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ ރޭ މެންދަމު 3:00 ގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ އައްޑޫން ކޮވިޑްގައި ނިޔާވި 13 ވަނަ މީހާއެވެ. އައްޑޫގެ މުޅި ޖުމްލަ ކޮވިޑް އެކްޓިވް ކޭސްގެ އަދަދު އުޅެނީ 154 ގައެވެ.
މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 257 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 238 ދިވެހިންނާ 19 ބިދޭސީންނެވެ.
ފާއިތުވި ނޮވެމްބަރު މަހު ކޮވިޑް ޖެހިގެން 7 މީހަކު މަރުވެފައިވާއިރު، މި މަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައްވެސް މިހާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު