ކޯވިޑް ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް-19 ޖެހިގެން އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ބ. އަތޮޅޫ ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 6:35 ގައި ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ބ. ދޮންފަނު ދިވެހި އަންހެނެއް ކަމަށެވެ.

މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 239 ދިވެހިންނާ 19 ބިދޭސީންނެވެ.

ފާއިތުވި ނޮވެމްބަރު މަހު ކޮވިޑް ޖެހިގެން 7 މީހަކު މަރުވެފައިވާއިރު، މި މަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައްވެސް މިހާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން