ކެޕްޓަން މުހައްމަދު އަމީން
ކެޕްޓަން މުހައްމަދު އަމީން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ 03 އަހަރުގެ ވެރިކަމުގައި އޭވިއޭޝަން ދާއިރާ 15 އަހަރު ފަހަތަށް ހިނގައްޖެ ކަމަށް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އޭވިއޭޝަން ދާއިރާގައި 26 އަހަރު ޚިދުމަތް ކުރަށްވާފައިވާ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި އައްޑޫ ފްލައިން ސްކޫލް ބަންދުކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ތަކާއި ޑޯނިއާ ދުއްވުމުގައި ޙަރަކާތްތެރި ވަނީވެސް އިންޑިއާ ޕައިލެޓުން ކަމަށެވެ. އަދި ދިވެހި ޕައިލެޓުންނަށް އެ ފުރުސަތު ނެތުމަކީ ދެރަކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ހަމައެއާއެކު ޤައުމީ އެއަރލައިން ބަނގުރޫޓުވެ އިތުރު އެއަރކްރާފްޓެއް ނުގެނެވުނު ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ހުރި އެއަރކްރާފްޓްތައް މެއިންޓެއިން ނުކުރެވިފަ. މާލޭ އެއަރޕޯޓް ބޮއްސުންލާ ދިވެހިން އެކަހެރި ކޮށްފި." އަމީން މިއަދު ވިދާޅުވިއެވެ.

ގެއްލުމާއެކު ހިންގާތާ އަހަރުތަކެއްވެ ބަނގުރޫޓުވުމުގެ ބިރާއި ކުރިމަތިވެފައިވާ ކަމަށް އެތަނުގެ މުވައްޒަފުން ސިފަކުރާ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން ވަނީ އައްޑޫ ފްލައިންގ ސްކޫލް ހިންގުމާ ޙަވާލުވެފައެވެ. އަދި އެކުންފުނިން ވަނީ ސްކޫލް ހިންގުމުގެ މަސައްކަތް ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވަނީ ޑިސެމްބަރުމަހު ފްލައިން ސްކޫލްގައި ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ކެޕްޓަން އަމީން ވަނީ ގައުމީ އެއާލައިން ކަމަށްވާ އައިލެންޑް އޭވިއޭޝަން ދަރަނިވެރިވީ އާއިލީ މީހުންނާ ކުންފުނި ހަވާލު ކުރުމުން ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަމީން ވަނީ އައިލެންޑް އޭވިވޭޝަންގެ ބޯޑު މެންބަރުކަންވެސް މީގެ ކުރިން ކުރަށްވާފައެވެ.

ކެޕްޓަން އަމީނަކީ މިފަހަކަށް އައިސް މިސަރުކާރުގެ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސިޔާސީ ގޮތުން ވެސް ރައްދު ދެއްވަމުން ގެންދަވާ، ސަރުކަރާ ވަރަށް ޚިޔާލުތަފާތު ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

2000 ވަނަ އަހަރު އުފެއްދި ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަނަކީ އާމްދަނީގެ ގޮތުން ޓްރެކް ރެކޯޑު އެންމެ ރަނގަޅު އެއް ކުންފުންޏެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެޅުނު އިރު 442 މިލިއަން ރުފިޔާއިން އައިލެންޑް އޭވިއޭޝަން އޮތީ ދަރަނިވެރިވެފައެވެ. އަދި 2021 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއާއި ގާތްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން