ރާއްޖޭގެ ރަށްރަށުގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެ 21 ރަށަކަށް އަރައިފޭބުން މަނާކޮށްފިއެވެ.
ކޯވިޑް-19ގެ ޙާލަތު މާލޭގައި އާއްމު ޙާލަތަކަށް ގެނެވިފައިވީ ނަމަވެސް ރަށްރަށުގައި ބަލި ފެތުރޭ ނިސްބަތް މިހާރުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެކަމާ ގުޅިގެން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޝްވަރާ ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިގެންނަ ބަދަލުތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ.
އެޗްޕީއޭއިން ޢާއްމު ކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުން މިއަދު އެކަނިވެސް ރާއްޖޭގެ ނުވަ ރަށެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ. މިއާއެކު މިހާރު މޮނިޓަރިންގައި ނުވަތަ އަރާފޭބުން މަނާކޮށްފައި 21 ރަށެއް އެބައޮތެވެ.
މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ ހދ އަތޮޅުން ހަނިމާދޫ، ނ. އަތޮޅުން މިލަދޫ، ވެލިދޫ، މާފަރު، ލަންދޫ، ބ އަތޮޅުން އޭދަފުށި އަދި ދޮންފަނު، ޅ އަތޮޅުން ހިންނަވަރު، އދ އަތޮޅުން މާމިގިލި، މަހިބަދޫ، މ. އަތޮޅުން މުލައް، ދ. އަތޮޅުން ކުޑަހުވަދޫ، ތ. އަތޮޅުން ވިލުފުށި، ހިރިލަންދޫ، ގދ. އަތޮޅުން ރަތަފަންދޫ، އައްޑު އަތޮޅުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫ އެވެ.
ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 93،064 އަށް އަރާފައިވާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،933 ގައެވެ. އިއްޔެ ގްރޭޓަރ މާލެ ސަރަހައްދުން 20 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވީ 198 މީހުންނެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 188 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 15 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު