2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފައި ނުވާނެކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ނާއިބުރައީސް އަހުމަދު އަކްރަމް މިއަދު މާތްﷲ ގަންދީ ހުވާކުރަށްވައިފިއެވެ.
އަކްރަމް މިބީދައިން ވާހަކަ ދައްކަވާފައިވަނީ 2018 ވަނަ އަހަރުގެ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބާރުދޭ ރިޕޯޓެއް ކަމަށްބުނާ ލިއުމެއް ލީކުވެފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އަކްރަމް މިއަދު ވަނީ އިންތިޚާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ރައްޔިތުން ވޯޓުލާފައިވާ ގޮތަށް އެއްވެސް ބަދަލުކުރުމަކާ ނުލައިކަމަށް މާތްﷲ ގަންދީ ހުވާ ކުރައްވާފައެވެ.
"އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަތަކެވެ. ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރުމަކާއިނުލާ، ރައްޔިތުން ވޯޓުލީ ގޮތަށެވެ." އަކްރަމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަކްރަމްވަނީ اللهގެ ޢަޛާބަށް ބިރުވެތިވެ ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފުމަށް އިލްތިމާސް ކުރަށްވާފައެވެ.
2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ތަފާތަކީ އިންތިހާބެއްގެ ނަތީޖާ އޮޅުވާލުމަށް މާ ތަފާތު ބޮޑު އަދަދެކެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް ކޯޓުންވެސް ނިންމާފައިވަނީ އިންތިޚާބުގެ ނަތީޖާ ޞައްޙަ ކަމަށެވެ.

އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ތަކެވެ.
— Ahmed Akram (@akram4535) December 12, 2021
ﷲ ގަންދީ ބުނަމެވެ. އެއިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރމަކާއިނުލާ،ރައްޔިތުން ވޯޓުލީ ގޮތަށެވެ.
ދުލާއި ގަލަމުގެ ބޭނުން ތެދު ގޮުތުގައި ނޫނީ ނުހިފާށެވެ.ﷲގެ އަޒާބައް ބިރުވެތިވާށެވެ
މީގެ އިތުރުން އަކްރަމްވަނީ اللهގެ ޢަޛާބަށް ބިރުވެތިވެ ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފުމަށް އިލްތިމާސް ކުރަށްވާފައެވެ.
2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ތަފާތަކީ އިންތިހާބެއްގެ ނަތީޖާ އޮޅުވާލުމަށް މާ ތަފާތު ބޮޑު އަދަދެކެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް ކޯޓުންވެސް ނިންމާފައިވަނީ އިންތިޚާބުގެ ނަތީޖާ ޞައްޙަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު