އެއްވެސް ސަރުކާރަކަށް އޭނާ ޖަލަށް ނުލެވޭނެ ކަމަށް ވިދާޅުވެ 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޢުމަރު ނަސީރު ޗެލެންޖް ކުރަށްވައިފިއެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވާފައިވާ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ވާދަކުރަށްވާނެކަމަށް އިޢުލާނު ކުރަށްވަމުން ގެންދަވާ ޢުމަރު ނަސީރު މިހާތަނަށް ވާދަކުރަށްވާފައިވަނީ ހަމައެކަނި 2008 ގެ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި 2472 ވޯޓާއެކު ޢުމަރަށް ލިބިލެއްވީ ފަސް ވަނައެވެ.
ރައީސް ޔާމީނަށްފަހު ޢުމަރުވެސް ޖަލަށްދާން ޖެހޭނެ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް މީގެ އަހަރެއްކުރިން ދެއްކެވި ވާހަކަތަކެއްގެ ހަނދާން އާކުރަށްވަމުން ޢުމަރު މިއަދު ވިދާޅުވެފައިވަނީ އޭނާ ޖަލަށް ލެވޭތޯ 3 ސަރުކާރަކުން މަސައްކަތް ކޮށްފި ކަމަށާއި ނަމަވެސް އެއްވެސް ބަޔަކަށް އެކަން ކާމިޔާބު ވެފައި ނުވާކަމަށެވެ.
"އަދި ނުވެސް ވާނެ" ކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ޢުމަރު މި މޭރުމުން ވިދާޅުވެފައިވާއިރު ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަައިގައި އޭނާއަށް ދައުވާ ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.
އުމަރު ނަސީރަށް ދައުވާ ކުރަން ފޮނުވާފައި ފޮނުވީ 2015 ވަނަ އަހަރުގެ ތެރޭގައި، ހޯމް މިނިސްޓްްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލައިގައެވެ. އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ނަސީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ޢުމަރުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެން އޭނާވަނީ 2023 ގެ ކެމްޕޭންވެސް 90 ދުވަހަށް މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު