ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ގޮޅިން ފުންމާ ވާހަކަ ރައްޔިތުން ޤަބޫލުނުކުރުމުން މިފަހަރު ނެރުނީ ފޭކު ރިޕޯޓެއް ކަމަށް ވިދާޅުވެ މޯލްޑިވިސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
މޫކޭ މިމޭރުމުން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ ސައްހަ ނޫން ލިޔުމެއް އާއްމުކުރި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނުމާ ގުޅިގެންނެވެ.
އެމައްސަލާގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ 2018 ގެ ވޯޓުލީ ގޮތުގެ ހަނދާން އެންމެން ވެސް ހުންނާނެ ކަމަށެވެ. އެގޮތުން އޮޅުވާލެވޭތޯ ކުރިކަމެއް ކުރީ މުލިއާގޭގައި ހުރި އޮފީހުން ޕީޕީއެމްގެ ކުދިންކޮޅެއް ކަމަށް މޫކޭ ތުހުމަތު ކުރެއްވިއެވެ.
އޭގެ އިތުރުން މޫކޭ ވަނީ އޮޅުވާލުމާއި ޚިޔާނާތްތެރިވުމަކީ ރައީސް ޔާމީންގެ ޠަބީޢަތުގައިވެސް ހުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.
"ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން. ކުރިން ފާހަގަ ހީހީފަ ދެވަނަ ގޮޅިއަށް ފުންމާ ވާހަކަ. މިހާރު އަނެއްކާ ފޭކު ރިޕޯޓެއް." މޫކޭ ވިދާޅުވެފައިވެއެވެ.
އިއްޔެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.
2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ތަފާތަކީ އިންތިހާބެއްގެ ނަތީޖާ އޮޅުވާލުމަށް މާ ތަފާތު ބޮޑު އަދަދެކެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް ކޯޓުންވެސް ނިންމާފައިވަނީ އިންތިޚާބުގެ ނަތީޖާ ޞައްޙަ ކަމަށެވެ.

ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން. ކުރިން ފާހަގަ ހީހީފަ ދެވަނަ ގޮޅިއަށް ފުންމާ ވާހަކަ. މީހާރު އަނެއްކާ ފޭކު ރިޕޯޓެއް. 2018 ގެ ވޯޓުލީ ގޮތުގެ ހަނދާން އެންމެން ވެސް ހުންނާނެ. އޮޅުވާލެވޭތޯ ކުރިކަމެއް ކުރީ މުލިއާގޭގައި ހުރި އޮފީހުން ޕޕމ ކުދިންކޮޅު ނޫންތޯ? https://t.co/hz8CdMR0Io
— Moosa Ali Manik 🇲🇻 (@VMookey) December 12, 2021
އިއްޔެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.
2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ތަފާތަކީ އިންތިހާބެއްގެ ނަތީޖާ އޮޅުވާލުމަށް މާ ތަފާތު ބޮޑު އަދަދެކެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް ކޯޓުންވެސް ނިންމާފައިވަނީ އިންތިޚާބުގެ ނަތީޖާ ޞައްޙަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު