ޓިނު ނެގުމަށްވުރެ ޙަރާމް ޙުކުމް ނެރުން މާ ހުތުރުކަމަށް ވިދާޅުވެ ކާފު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަށް ރައްދު ދެއްވައިފިއެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިފުތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ ފުރާޅުން ޓިނު ނެގުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވެފައެވެ. މިއަދާ ހަމައަށްވެސް އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ރައްދު ދެއްވާފައި ނުވާ ނާއިބް ރައީސް ފައިސަލް ނަސީމު މިފަދަ އިބާރާތަކުން ރައީސް ޔާމިނަށް ރައްދު ދެއްވާފައި މިވަނީ ސްޕްރީމް ކޯޓު ފުރާޅުން ޓިނު ނެންގެވި ވާހަކަ އެމަނިކުފާނު އަމިއްލަފުޅަށް ދާދިފަހުން ވިދާޅުވެދެއްވާފައި ވަނިކޮށެވެ.
2018 ވަނަ އަހަރު 1 ފެބްރުއަރީގެ ޙުކުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނެގިކަމަށް އިޝާރާތްކުރަށްވައި ފައިސަލް ވިދާޅުވީ ފުރާޅުން ޓިނު ނެގުމާއި, ފާރެއް ތަޅައިލައި ދޮރުވައްޓައިލުމަކީ ތަހުޒީބުވަމުން އަންނަ އެންމެ ދަށުގައި ހުރި ޤައުމުތަކުން ވެސް ކުރާ ޒާތުގެ ކަންކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ހުރުމަތްތެރިކޮށް ހިތައިގެން އިހުތިރާމާއެކު މަސައްކަތްކުރާ ސަރުކާރެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސަށް ރައްދު ދެއްވަމުން ނިމާލް ވިދާޅުވީ ފުރާޅުން ޓިނުނެގިކަމަށް ފަތުރާފައިވަނީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޓިނުނެގި ހާދިސާއާއި ގުޅޭ ޙުކުމް ނެރުނީ މާހުތުރު ޢަމަލުތަކެއް ހިންގައިގެން ކަމަށްވެސް ނިމާލް ތުހުމަތު ކުރެއްވިއެވެ.
"ޓިނުގަނޑެއް ނެގިއްޔާ ނެގި މީހަކުވެސް ހުންނާނެތާ. އަދި އަލުން ޓިނުޖެހި މީހަކުވެސް ހުންނަންޖެހޭނެ. ޓިނު ނެގުމަށްވުރެ ހަޑި ހުތުރުކަމެއްދޯ މޭޒު ދަށުން ފައިސާ ދީގެން ޙަރާމް ޙުކުމެއް ނެރެ ބަޣާވާތް ކުރުމަކީ." ކާފު އަތޮޅު ކައުންސިލްގެ ރައީސް ނިމާލް ވިދާޅުވިއެވެ.
ޓިނޭ ކިޔަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ޕީޕީއެމުން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ 1 ފެބްރުވަރީ 2018 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސުޕްރީމްކޯޓުގެ ފުރާޅުން "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމިން ވެސް ކޯޓު ފުރާޅުން ޓިނު ނެގި ކަމަށް އެއިޝާރާތް ކުރަށްވަނީ އިދިކޮޅު ފަރާތްތަކުން އެހާދިސާ ސިފަކުރަން ބޭނުން ކުރާ ބަހުރުވައިން އެވާހަކަ ދައްކަވަން ވެގެންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް ޤާނޫނުގެ މާއްދާއެއް އޮތްކަންވެސް އެނގިވަަޑައިގަތީ 1 ފެބްރުވަރީގެ އަމުރަށް ފަހު ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ހަމައެކަނި އެ މާއްދާ އުވައިލުމަށްޓަކައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު