ކޯވިޑް-19 ޖެހިގެން ހއ. ދިއްދޫގައި މީހަކު ނިޔާވެއްޖެއެވެ.
މީގެ 3 ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެމީހާ ނިޔާވިކަން އެނގުނީ ޙަރަކާތް ހުއްޓުމުން މިއަދު ހެނދުނު 10:30 ހާއިރު ހޮސްޕިޓަލަށް ގެންދިއުމުންނެވެ. ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 259 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 240 ދިވެހިންނާ 19 ބިދޭސީންނެވެ.
ފާއިތުވި ނޮވެމްބަރު މަހު ކޮވިޑް ޖެހިގެން 7 މީހަކު މަރުވެފައިވާއިރު، މި މަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން 10 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މާލެ ސަރަޙައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް މިހާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކޮވިޑް ފެތުރޭ ނިސްބަތް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު