ބަންގްލަދޭޝް ނުވަތަ ބަންގާޅުން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ބަންގާޅުގެ ނޫސްތަކުގައިވާ ގޮތުން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ބަންގްލަދޭޝަން ބޭންކް (ބީބީ)ގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. ފަސް އަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދިނުމަށް ނިންމާފައިވާ މިލޯނާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ބަންގާޅު ނޫހެއްގައި އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ރާއްޖެއިން އެ ގައުމުގައި އެދިފައިވަނީ ދިގު މުއްދަތުގެ ލޯނަކަށްކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބަންގްލަދޭޝް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް (ބީއައިޑީއެެސް)ގެ ކޮންފަރެންސް އޮން ޑިވެލޮޕްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ފަޒްލީ އެކަން ހާމަކުރަށްވާފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
މިދިޔަ އޮގަސްޓް މަހު ބަންގާޅުން ވަނީ ސްރީލަންކާއަށް، 250 މިލިއަން ޑޮލަރު، ކަރަންސީ ސްވޮޕް ގެ ގޮތުގައި ދީފައެވެ.
ދާދިފަހުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ ބަންގާޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ބަންގާޅުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު