5 އަހަރުން ރައީސް ޔާމީނަށް ޤާއިމްކުރެވުނީ 250 ޓަނުގެ އައިސް އުފެއްދޭނެ ކެޕޭސިޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރައީސް ޔާމީންގެ ފަސްއަހަރުގެ ދައުރުގައި 700 ޓަނުގެ އައިސް ކެޕޭސިޓީ އިތުރުކުރި ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެ ސަރުކާރުގައި ޤާއިމްކުރެވުނީ 250 ޓަނުގެ އައިސް އުފެއްދޭނެ ކެޕޭސިޓީ ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 700 ޓަނުގެ އައިސް ކެޕޭސިޓީ އިތުރުކުރި ކަމަށާއި މަސް ކިލޯއެއްގެ 20 ރުފިޔާއަށް ގަންނަމުންދިޔަ ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 150 ޓަނުގެ އައިސް އުފެއްދޭނެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށާއި، އަދި ކުރިއަށް ހުރި މަޝްރޫއުތައް ނިމުމުން އެޢަދަދު 325 ޓަނަށް އިތުރުވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުން މަބްރޫކް ވިދާޅުވީ 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓެވި ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އަށާރަބަޔަށް ގަންނަމުންދިޔަ މަސް 20 ރުފިޔާއަށް ބަދަލުކުރީ 2017 ވަނަ އަހަރު ކެމްޕޭނަށް ކަމަށެވެ. އަދި ވެރިކަމުން ފައިބައިގެން ދިޔައީ މަސްވެރިންނަށް ދޭން ޖެހޭ 37 މިލިއަން ރުފިޔާވެސް ނުދީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"2015 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދޭތެރޭގައި ނިމިފައި ހުރީ ރ. އަލިފުށި، ނ. ޅޮހި، ބ. ތުޅާދޫ، ތ. ހިރިލަންދޫ، ކޮލަމާފުށި، ދެއްވަދޫ، ދާންދޫ އަދި ފެލިވަރުގައި އައިސްޕްލާންޓެއް. ޖުމުލަ އެއީ 200 ޓަނު. 2017 ވަނަ އަހަރު 25 ޓަނު، 2019 ވަނަ އަހަރު އެއީ އެ ސަރުކާރުން ފަށްޓާފައި އޮތް ޕްރޮޖެކްޓެއް މި ސަރުކާރުން ނިންމާ ހުޅުވި އައިސްޕްލާންޓެއް އެއީ 25 ޓަނު، ފުވައްމުލައް ސިޓީގެ އައިސްޕްލާންޓް. އެހެންވީމާ ޖުމުލަ މިވަނީ 250 ޓަނު އައިސް، މުޅި ފަސް އަހަރު ދުވަހުގެ ތެރޭގައި" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި މިހާރު 17 އައިސްޕްލާންޓު އޮޕަރޭޓްކުރަމުންދާއިރު، އެއީ ޖުމްލަ ގާތްގަނޑަކަށް 730 ޓަނުގެ ކެޕޭސިޓީއެވެ. މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެކި ހިސާބުތަކުން މަސް ކިރޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު