ހއ. ހޯރަފުށި
ހއ. ހޯރަފުށި
ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ޤާއިމް ކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވެ ދެއްކެވި ވާހަކަ އެރަށު ކައުންސިލުން ދޮގުކޮށްފި އެެވެ.

އިދިކޮޅު ޕީޕީއެމުން ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ހޯރަފުށީ އައިސް ޕްލާންޓް އަޕްގްރޭޑް ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީން، އެމަނިކުފަނުގެ ވެރިކަމުގައި ހޯރަފުށީގައި އައިސްޕްލާންޓް ގާއިމުކޮށްފައި ހުންނާނެ ކަމުގައި ވިދާޅުވި ވިދާޅުވުމަކީ "ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް" ކަމަށެވެ.

ހޯރަފުށީގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓަކީ ޗަންޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއި ހޯރަފުށި ކައުންސިލް ގުޅިގެން ގާއިމުކުރި އައިސްޕްލާންޓެއް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މަގުފަހިކޮށް ދެއްވާފައިވާތީ އެ ކައުންސިލުންވަނީ ރައީސް ޞާލިޙަށް ޝުކުރު ދަންނަވާފައެވެ.

ހޯރަފުށީ ކައުންސިލުން ވަނީ ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ވާހަކަތައް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައެވެ.

"ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީން ބައެއް ޢަދަދުތައް ހާމަކުރެއްވީ އޮޅުވާލައްވައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒްވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން އައިސްޕްލާންޓް ޤާއިމް ކުރެއްވި ރަށްތަކަކީ ރ. އަލިފުށި، ނ. ޅޮހި، ބ. ތުޅާދޫ، ތ. ހިރިލަންދޫ، ގއ. ކޮލަމާފުށި، ދެއްވަދޫ، ދާންދޫ، ފުވައްމުލައް އަދި ޅ.ފެލިވަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ޖުމްލަ 250 ޓަނު އުފެއްދޭނެ ކެޕޭސިޓީއެވެ.



ކިޔުންތެރިންގެ ހިޔާލު


3

މަރޭ

20-Dec-2021

މަބުރޫކް ތިހެއްދެވީ ވެސް ދޮގެއް , ގއ- ގެމަނަފުށީގައިވެސް ޔާމީނުގެ ވެރިކަމުގައި އައިސްޕްލާންޓެއް ގާއިމް ކޮއްދެއްވި