ކުރީގެ ރައީސަކު "އިންޑިއާ އައުޓް" ގޮވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެއްޖެއެވެ.
މެންބަރު ވައްޑެ މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރ ރައީސް ޔާމީން މާލެ އަތޮޅު ގުރައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އިންޑިއާ އައުޓަށް ގޮވަނީ ހަމައެކަނި އިންޑިއާ ސިފައިން ތިބޭތީ ކަންބޮޑުވެގެން ނޫން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވީ ފަހުން އުފެދިދާނެ ކަންކަމާދޭތެރޭ ވިސްނަންޖެހޭ ކަމަށާއި އެ ގޮތުން އިންޑިއާ ސިފައިން ތިބުން އަމާން ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ވައްޑެ ވިދާޅުވީ ކުރީގެ ރައީސަކު މުޅި ގައިގާ "އިންޑިޔާ އައުޓް" ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެ ގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ.
އޭގެ އިތުރުން ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށް ކަމަށާއި މައިގަނޑު ގޮތެއްގައި މިއީ އަވައްޓެރި އިންޑިޔާއިން ގެންނަ ތަކެތިކަމަށް ވައްޑެ ވިދާޅުވިއެވެ.
"މިދަންނަވާލީ ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް." ވައްޑެ ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލާ މީހުން ކަމަށާއި, އެހެންކަމުން އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަންކަމަށެވެ.
މީގެ ކުރިން "އިންޑިއާ އައުޓް" އަކީ ޕީޕީއެމްގެ ޙަރަކާތެއް ކަމަށް ވިދާޅުވީ ނަމަވެސް އިއްޔެ ރައީސް ޔާމީން ވަނީ މިއީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި, މިއީ ޤައުމީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސަކު މުޅި ގައިގާ ‘އިންޑިޔާ އައުޓް’ ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެ ގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. pic.twitter.com/dwqWZpjNN0
— Waddey (@waddey_) December 17, 2021
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލާ މީހުން ކަމަށާއި, އެހެންކަމުން އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަންކަމަށެވެ.
މީގެ ކުރިން "އިންޑިއާ އައުޓް" އަކީ ޕީޕީއެމްގެ ޙަރަކާތެއް ކަމަށް ވިދާޅުވީ ނަމަވެސް އިއްޔެ ރައީސް ޔާމީން ވަނީ މިއީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި, މިއީ ޤައުމީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު