ސިޔާސީ މީހުންނަށް ކާމިޔާބުވީމާ ރަނގަޅުވާނީ އެމީހުން ފަހަތުން ދުވާ ބައިގަނޑަށް ކަމަށް ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، "އިންޑިއައުޓް" ކެމްޕޭން އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނަފާ ނަސީމް މިއަދު ވިދާޅުވީ ރައްޔިތުން ވިސްނަންވީ ގައުމުގެ މަސްލަހަތަށް ކަމަށާއި ޕާޓީތަކުގެ މަސްލަޙަތަށް ނޫން ކަމަށެވެ. އަދި ސިޔާސީ މީހުންނަށް ކާމިޔާބުވީމާ ރަގަޅުވާނީ އެމީހުން ފަހަތުން ދުވާ ބައިގަނޑަށް ކަމަށްވެސް ނަފާ ނަސީމް ވިދާޅުވިއެވެ.
"ރައްޔިތުން ވިސްނަންވީ ސިޔާސީ މީހުންނާ ސިޔާސީ ޕާޓީތަކުގެ މަސްލަހަތަކަށް ނޫނެވެ. ރައްޔިތުންނަށް ރަނގަޅު މޮޅު ވަނީ ގައުމު ރަގަޅު ވީމައެވެ." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ތަނެއް ބިނާކުރުމަށް އެތައް ހޭދަޔަކާ ވަގުތެއް ނަގާ ކަމަށާއި ނަމަވެސް ފަނާކޮށް ސުމާރުކޮށްލަން ނަގަނީ ހިނދުކޮޅެއް ކަމަށެވެ. އަދި ސިޔާސީ ދުރުމީން އަންދާޒާ ކުރެވޭ ގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި މާރާމާރީއާ، ލޭއޮހޮރުވުމާ، ވިޔާނުދާކަންކަން މިގައުމުން ފެނުން އިތުރުވާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
އަދި އެކަމުގެ އަމާޒަކީ ސަރުކާރު ބަދުނާމުކޮށް ސިޔާސީގޮތުން ގައުމު ހަލަބޮލިކުރުން ކަމަށްވެދާނެ ކަމަށާއި އެކަމާމެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށްވެސް ނަސީމް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު