ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ ކަމަށާއި، އެކަން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް ކެމްޕޭން" އާއި ދެކޮޅަށް ތެދުވެވަޑައިގެން، "އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން އިންޑިއާ އައުޓް ކިޔަނީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ކަމަށެވެ. އަދި ރައްޔިތުން އިންޑިއާ އައުޓް ކިޔާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ. މީ ދިވެހީންގެ ދިވެހިރާއްޖެ." އަދުރޭ ވިދާޅުވެފައިވެއެވެ.
އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރަކީ ދިވެހީންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ.
ސަރުކާރުން ބުނަމުންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ކުޑަ މަތިންދާބޯޓު ބެލެހެއްޓުމާއި އެތަކެތި ދުއްވުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެއީ ބޮޑު ބިރެއް ކަމަށް ބުނެ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ގެންދާތާ ދުވަސް ތަކެއް ވެއްޖެއެވެ.
އަދި މި ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެ ހަރަކާތް އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ރައްޔިތުން އިންޑިޔާ އައުޓް ކިޔަނީ. ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ.މީ ދިވެހީންގެ ދިވެހި ރާއްޖެ #އިންޑިއާއައުޓް pic.twitter.com/9C6g10W4Fs
— Abdul Raheem Abdulla (@Banafsaa) December 17, 2021
އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރަކީ ދިވެހީންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ.
ސަރުކާރުން ބުނަމުންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ކުޑަ މަތިންދާބޯޓު ބެލެހެއްޓުމާއި އެތަކެތި ދުއްވުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެއީ ބޮޑު ބިރެއް ކަމަށް ބުނެ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ގެންދާތާ ދުވަސް ތަކެއް ވެއްޖެއެވެ.
އަދި މި ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެ ހަރަކާތް އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު