އަމިއްލަ ވެރިކަމުގައި ނުވި އައުޓެއް ދެން ކުރަން ދަތިވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ސަނީފް ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ ކެމްޕޭނަށް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރު ކުރަށްވަން ފަށްޓަވާފައެވެ.
އެކަމާ ގުޅިގެން މެންބަރު ސަނީފް މިއަދު ވިދާޅުވީ އަމިއްލަ ވެރިކަމުގައި ނުވި އައުޓެއް މިހާރު ކުރަން ދަތިވާނެ ކަމަށެވެ. އޭގެ އިތުރުން ހަމަޖެހޭ ގޮތަކަށް އުޅުމަށް މެންބަރު ސަނީފް ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.
"ތިވެސް ރައީސްކަން ކުރަށްވާފަ ހުރި ބޭފުޅެއް. ވީމާ ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް އުޅެބަލަ!" ރައީސް ޔާމީނަށް ރައްދު ދެއްވަމުން މެންބަރު ސަނީފް ވިދާޅުވިއެވެ.
ސަނީފްގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވެސް ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފައެވެ. އެގޮތުން އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ރައްދު ދެއްވަމުން ޙަސަން ލަތީފް ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ.
"މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއް." ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލާ މީހުން ކަމަށާއި, އެހެންކަމުން އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަންކަމަށެވެ.
މީގެ ކުރިން "އިންޑިއާ އައުޓް" އަކީ ޕީޕީއެމްގެ ޙަރަކާތެއް ކަމަށް ވިދާޅުވީ ނަމަވެސް އިއްޔެ ރައީސް ޔާމީން ވަނީ މިއީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި, މިއީ ޤައުމީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.

އަމިލްލަ ވެރިކަމުގަ ނުވި އައުޓެއް.އަމިލްލަޔަށް އައުޓުވީމަ.ދެން ތިކަން ކުރަން ދަތިވާނެ.ތިވެސް ރައިސް ކަން ކުރައްވާފަ ހުރި ބޭފުޅެއްވީމަ ތަންކޮޅެއް ހަމަޖެހޭނެ ގޮތަކަށް އުޅެބަލަ! pic.twitter.com/84P7lZ8X2L
— Abdulla Saneef (@SaneefAbdulla) December 17, 2021
ސަނީފްގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވެސް ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފައެވެ. އެގޮތުން އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ރައްދު ދެއްވަމުން ޙަސަން ލަތީފް ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ.
"މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއް." ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.
މަސްތުވާތަކެއްޗާ އިންސާނީވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް. މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއް pic.twitter.com/oU5SZVCgij
— Hassan Latheef🎈 (@HassanLatheef) December 17, 2021
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލާ މީހުން ކަމަށާއި, އެހެންކަމުން އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަންކަމަށެވެ.
މީގެ ކުރިން "އިންޑިއާ އައުޓް" އަކީ ޕީޕީއެމްގެ ޙަރަކާތެއް ކަމަށް ވިދާޅުވީ ނަމަވެސް އިއްޔެ ރައީސް ޔާމީން ވަނީ މިއީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި, މިއީ ޤައުމީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު