ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ ޢަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލައަށް ވަގުތީ ހަލެއް ހޯދައިދިނުމަށް އެ ސްކޫލް ހިންގަން ވަގުތީ ޢިމާރާތެއް ނޭޅެންވީ ސަބަބަކާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވައިފިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިފަދަ ސުވާލެއް އުފައްދަވާފައިވަނީ އަރަބިއްޔާގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެ އެތަނުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފެދި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާތީ އެކަމަށް އިޝާރަތްކުރައްވަމުންނެެވެ.

ޢަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން އިއްޔެ ވަނީ އިޙްތިޖާޖްވެސް ކޮށްފައެވެ. ޢަރަބިއްޔާގެ މައްސަލާގައި ޑރ. ޝަހީމް ވިދާޅުވީ ދަރުމަވަންތަ ސްކޫލް ބޮަލަށް ވެއްޓޭތީ ކުޑަ މުއްދަތެއްގައި ވަގުތީ ސްކޫލެއް ހަދައި އެތަނައް ދަރިވަރުން ބަދަލުކުރި ކަމަށެވެ.

އޭގެ އިތުރުން ވަގުތުން ބަޖެޓް ހަމަ ޖައްސައި ދާއިމީ ސްކޫލެއް އަޅަން ފެށި ކަމަށާއި މިހާރު އެތަން އެދަނީ ވިލާ ކޮލެޖް ކުރިމަތީގައި ނިމެމުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޢަރަބިއްޔާ ސްކޫލާމެދު ކީއްވެ އެހެން ނުހަދަންވީ؟" ޑރ. ޝަހީމް ސުވާލު އުފައްދަވާފައިވެއެވެ.



އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބުނާގޮތުން އިއްޒުދީން ސްކޫލާއި، އަރަބިއްޔާ ސްކޫލަކީ ދެ މީޑިއަމަކަށް ކިޔަވައިދެމުންދާ ސްކޫލް ތަކަށް ވާއިރު، އަރަބިއްޔާ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލުގައި ކިޔަވަން އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އަދި އެ ސްކޫލްގައި އަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭނެ ޖާގައެއްވެސް ނުހުންނާނެ ކަމަށް ބެލެނެވެރިން ބުނެއެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނެވެރިންނާއި ޕީޓީއޭއިން ވަނީ އަންނަ އާދީއްތަ ދުވަހު ރައީސް އޮފީހަށް ދިއުމަށް ވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

މަރީ

20-Dec-2021

އަރަބިއްޔާ ސްކޫލްގެ ރެނދުލާ ހަލާކްވީ ފާއިތުވި 3 އަހަރރަކު ނޫން , ނިމިދިޔަ ޝަހީމްގެ ސަރުކާރުން އެކަން ހައްލުކޮއްދެއްވިނަމަ ތިސުވާލު ކުރައްވާކަށް ޖެހިނުލެއްވީސް <<<<<<<<