ޗައިނާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، (ވ) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ)
ޗައިނާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، (ވ) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ)
ޤައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ޙަރަކާތަކީ ޗައިނާއިން ފަންޑުކޮށްގެން ހިންގާ ހަރަކާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ވަނީ ވިދާޅުވެފައެވެ. ޝިޔާން މިމޭރުމުން ވިދާޅުވީ އިއްޔެ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ލައިގެން ތިބި ބަޔަކު ޗައިނާ އެމްބަސީ ކައިރީގައި ތިބި ފޮޓޯއެއް ޙިއްސާ ކުރަށްވަމުންނެވެ.

ޝިޔާންގެ ވާހަކަތަކަށް ރައްދުދެމުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ޗައިނާއަކީ އެއްވެސް ޤައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށްވަދެ، އެކަންކަމާއި ބެހޭނެ ގައުމެއް ނޫންކަމަށެވެ. އަދި އެއީ އެމްބަސީން އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލުކަމަށާއި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމަކީ ޗައިނާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ޗައިނާ ސަފީރުގެ އޮފީހުން ބުނެފައި ވެއެވެ.



އިދިކޮޅު ކޯލިޝަނުން ބުނަނީ އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ހިންގާ ހަރަކާތެއްް ކަމަށެވެ. އެ ހަރަކާތުގައި މައިގަނޑު ގޮތެެއްގައި ގޮވާލަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށެވެ. ރައީސް ޔާމިން ޖަލުން މިނިވަންވުމާއެކު އިދިކޮޅު ކޯލިޝަނުން ހިންގާ އެ ހަރަކާތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު