ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވަން ދަޢުވަތު ދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު ޖަލްސާގެ އެޖެންޑާގައި އޮތީ ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށާއި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމާ ބެހޭ ގޮތުން ގޮތެއް ނިންމެވުމެވެ.
ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުގައެވެ. މި ދަތުރުފުޅުގައި ގިނަ މުހިންމު ކަންތައްތަކެއް ނިމިގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ދާދިފަހުން ބަންގްލަދޭޝްގެ ނޫހެއްގައި އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ރާއްޖެއަށް ލޯނެއް ދިނުމަށް ބަންގްލަދޭޝް އިން ނިންމާފައިވާ ކަމަށެވެ.
ބަންގާޅުގެ ނޫސްތަކުގައިވާ ގޮތުން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ބަންގްލަދޭޝަން ބޭންކް (ބީބީ)ގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. ފަސް އަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދިނުމަށް ނިންމާފައިވާ މިލޯނާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ދާދިފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބަންގާޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު